ޚަބަރު ސަރުކާރު

ރިޟްވާނުގެ މަރާ ގުޅޭ ރިޕޯޓު މި އަހަރު ތެރޭގައި ރައީސަށް ފޮނުވާނެ: ސަރުކާރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރުގެ މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން ތައްޔާރު ކުރަމުންދާ ރިޕޯޓު މި އަހަރު ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ފޮނުއްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް އޮފީހުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ރިޟްވާނުގެ މަރާ ގުޅޭ ރިޕޯޓު އެކުލަވައިލުމުގެ މަސައްކަތް މަރު ކޮމިޝަނުން މިހާރު ކުރަމުންދާ ކަމަށެވެ.

ރިޟްވާންގެ މަރުގެ ތަޙްޤީޤީ ރިޕޯޓެެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އިރާދަ ކުރެއްވިއްޔާ މި އަހަރު ތެރޭގައި ރައީސްއަށް އެކަމާ ގުޅޭ ރިޕޯޓު ކޮމިޝަނުން އަރުވާނެ.

މީގެ އިތުރުން މިއުވާން ދެއްކެވި ވާހަކައިގައި ވަނީ ރިޟްވާންގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދަޢުވާކޮށް ޝަރީޢަތް ކުރިއަށްދާކަން ފާހަގަ ކުރައްވައިފައެވެ.

މި މައްސަލައިގައި މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހު ހައްޔަރުކޮށް ދަޢުވާ އުފުލާފައިވަނީ މ.ލެގޫންވިއު، އިސްމާޢީލް ޢަބްދުއްރަޙީމް އާދަމް (އިސޫ) އާއި, މއ.ފާގަފިލާގެ، އަޙްމަދު އިސްމާޢީލް (އަހަނދު) އާއި, ދަފްތަރު ނަންބަރު 8499، އަޙްމަދު މުޢާޒު (ގަޓު މުއާ) ގެ މައްޗަށެވެ.

ރިޟްވާންގެ މަރާގުޅޭ ތަފްސީލީ ރިޕޯޓެއް މިދިޔަ އަހަރު ނިމުމުގެ ކުރިން ލިބޭނެކަމަށް އެ އަހަރުގެ މާޗުމަހުގެ 07 ވަނަ ދުވަހު ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ. އޭގެފަހުން މި އަހަރުގެ މެދުތެރޭގައި އެ ރިޕޯޓު ލިބޭނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

Ads by PNC
  1. ބޮޑުތަކުރުފާނުހަވިއްތަ

    ކޮނމެ ފަސް އަހެއް ނިމެން ކާރި ވީމާ ރިލުވާނޭ އަލިފުޅޭކިޔާ ގެން ވޯޓައް ގުބޯ ހައްދަން މި ވަރުގެ މަކަރުވެރި ނުބައި ނުލަފާ ބަޔަކު ދުވަހަކުވެސް ބަޔަކު ނުދެކޭ ޔާ ﷲމިހާއިނުން ފަނާކުރައްވައި ފާ ދޭވެ އާމީން

  2. އަބްދޫ

    ރިޒްވާނުގެ އަތުގަ ހުރީ ގ.ކެނެރިގެ މުހަންމަދުނަސީދުގެ ލާދިނީ ލިއުން އެލިއުން ނަސީދުގެ ފޮޓޯޖަހާފަ މިނިވަން ނޫހުގާ އައިރިސް ޓައިމްގާ ހުއްޓާ ދުށިން .ރިޒްވާނު ވަގަށް ނަގހާފަ މިނިވަންނޫހާއި އައިރިސްތައިމްގަ ހުރި ލިއުން ކުށްވެރިކޮށް ނޫސްބަޔާނެއްނެރުނު ، އެލިއުން ނޫސްތަކުގަހުންނަތާ އެތައް ދުވަހެއްފަހުން ރިޒްވާނު ވަގަށް ނަގާފަ ނޫސްބަޔާނެއްނެރުމުން އެނޫސްބަޔާން ނެރުނު މީހާ ހައްޔަރު ކުރަންނުޖެހޭނެބާ؟ ވީޓީވީ ގަ އެނޫސްބަޔާން އޮވެދާނެ