ދުނިޔެ

ކޮވިޑް-19: ބްރެޒިލްގައި މަރުވި މީހުންގެ އަދަދު ލައްކައަކަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ނުރައްކާތެރި ވައިރަހަކުން ޖެހޭ ބައްޔެއް ކަމަށްވާ ކޮވިޑް19 ޖެހިގެން މަރުވި މީހުންގެ އަދަދު ބްރެޒިލްގައި އެއްލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ. ބްރެޒިލް އަކީ ކޮވިޑް19 އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއްގައުމެވެ.

Ads by WAMCO

ރިކޯޑްތައް ދައްކާގޮތުގައި ބްރެޒިލް އިން 100،543 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. އަދި 8 ހާހަށް ވުރެ ގިނަ މީހުން މިވަގުތު ވެސް ތިބީ ސީރިއަސް ހާލަތުގައެވެ. އެއާއެކު ބްރެޒިލް ގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ވަނީ ކޮވިޑް-19އަކީ "އާދައިގެ ރޯގާ"އެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަ ކުރައްވާ، އޭނާއަށް ބަލި ޖެހުނު ނަމަވެސް މާ ބޮޑު ކަމެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ބްރެޒިލްގައި ކޮވިޑުގެ ހާލަތު އެހާ ގޯސްެވެފައިވަނީ ވެސް ބޮލްސޮނާރޯ އެޅި ދޯދިޔާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ބްރެޒިލް އަކީ މިހާތަނަށް ދުނިޔެއިން ދެ ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެގޮތުން އެގައުމުން މިހާތަނަށް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!