ކުޅިވަރު ފުޓްބޯޅަ

ރޮނާލްޑޯ އާއި މެސީގެ ތާރީޚީ ފޮޓޯގެ ކެމެރާގެ ފަހަތުގައި ހިނގި ކަންކަން ދައްކާލައިފި

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

މަޝްހޫރު ފެޝަން ބްރޭންޑް ލުއީ ވިތޮންއިން އިއްޔަ އިންސްޓަގްރާމްގައި ރިލީޒްކުރި ރޮނާލްޑޯ އާއި މެސީގެ ފޮޓޯގެ ބިހައިންޑް ދަ ސީންސް ކްލިޕް ރިލީޒްކޮށްފިއެވެ.

Ads by MWSC

މި ފޮޓޯ ރިލީޒްކުރުމާ އެކު ވަރަށް ގިނަ ބަޔަކު މި ފޮޓޯ ޝެއަރކޮށް މިއީ ތާރީޚީ ފޮޓޮއެއްކަމުގައި ބުނަމުންދިޔައެވެ. މި ދެ ކުޅުންތެރިންނަކީ ފަހުގެ ފުޓުބޯޅާގައި އެންމެ ގާތުން ވާދަކުރާ ދެ ކުޅުންތެރިންނެވެ.

މިއަދު ލުއީ ވިތޮން އިން މިވަނީ މި ފޮޓޯގެ ބިހައިންޑް ދަ ސީންސްގެ ކްލިޕެއް ނެރިފައެވެ.

މި ވީޑިއޯގައި މެސީ ބުނަނީ މިއީ އޭނާގެ 5 ވަނަ ވޯލްޑް ކަޕް ކަމާއި، އޭނާގެ ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީއަކީ އޭނާގެ ޤައުމު، އާޖެންޓީނާގެ މީހުން އޭނާއަށް ކުރާ ސަޕޯޓާއި ދޭ އެއްބާރުލުމެވެ.

މި ވޯލްޑް ކަޕް އަކީ މެސީ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕްކަމަށް ވުމުން އޭނާ ބުނާގޮތުގައި އޭނާގެ އުންމީދަކީ މި ކަޕް އޭނާގެ ޤައުމަށް ހޯދައިދިނުމެވެ.

ރޮނާލްޑޯ ބުނަނީ މިއީ އޭނާގެ ވެސް 5 ވަނަ ވޯލްޑް ކަޕް ކަމަށެވެ. އަދި މިއީ އޭނާއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި އޭނާ ދެކޭކަމަށެވެ.

ލުއީ ވިތޮން ބްރޭންޑަށް ތައުރީފު ކުރަމުން މެސީ ބުނެފައިވަނީ މި ބްރޭންޑުގެ ދަބަސްތަކުގެ ތެރެއިން އޭނާއަށް އެންމެ ކަމުދަނީ ކެރީ އޮން ސުއިޓްކޭސް ކަމަށެވެ.

އާޖެންޓީނާގެ ފުރަތަމަ މެޗު އޮތީ އަންނަ ހަފުތާގައި ސައުދި އަރަބިއާއާ އެކީގައެވެ. ޕޯޗުގަލްގެ ފުރަތަމަ މެޗު އޮތީ އަންނަ ބުރާސްފަތި ދުވަހުގައި ގާނާ އާ އެކުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!