ޚަބަރު ސަރުކާރު

މި މަަސައްކަތް ކުރަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރަން: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޞާލިޙު، ކުރިނބީގެ ކައުންސިލަރުންނާއެކުގައި-

ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ އިއްޔެ ބައްދަލު ކުރެއްވުމަށްފަހު ރޭގެ ވަގުތެއްގައި ރައީސް ޞާލިޙް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި ރައްޔިތުން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި ދައުލަތުގެ އާމްދަނީ އިތުރުކޮށް ތަރައްޤީގެ މަޝްރޫޢުތައް އިތުރުކޮށް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި އިއްޔެ ކުރިއަށްދިޔަ ބައްދަލު ކުރެއްވުމުގައި ކުރިނބީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ ކުރިނބީގެ ތަރައްޤީއަށް މިހާރު ހިންގަމުންދާ މަޝްރޫޢުތަކާއި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސް ޞާލިޙާ ހިއްސާ ކުރައްވައިފައެވެ.

އެ ގޮތުން އެ ރަށުގެ ބަނދަރުގެ ދަތިކަމާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި ރަށުގެ ރައްޔިތުން މޫދަށް އެރޭނެ ތަނެއް ނެތުމުގެ ދަތިކަން ފާހަގަކުރައްވާފައި ވެއެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ޞާލިޙް ވިދާޅުވީ ކުރިނބީ ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމަށާއި ރަށުގެ ބަނދަރުގެ ސައިޒު ބޮޑުކުރުމަށް ރައްޔިތުން ބޭނުންވާތީ އެކަމުގައި ހޯދޭނެ ހައްލަކާ ގުޅޭ ގޮތުން ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި މޫދަށް އެރޭނެ ސަރަޙައްދެއް ހެދުމުގެ މަސައްކަތް ބަނދަރުގެ މަސައްކަތް ކުރިޔަށްދާއިރު، އެ މަސައްކަތާއެކު ކުރިޔަށް ގެންދެވޭނެ ގޮތެއް ބައްލަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Ads by HDC
  1. ރައްޔިތުއްނައް ލިބޭއެތިކޮޅު ބޮޑެތިމީހުންގެ ހަރަދުތަކަަން.އަތުލާގެން ރައްޔިތުންގެ ފުދުންތެރިކަންއިތުރުވާނީކިހިނެއްބަ މިސަރުކާރުންނޫނީ ރައްޔިތުއްހޯދާއެތިކޮޅުއަތުލާސަރުކާރެއްނެތް މިސަރުކާރަންވުރެ ނަސީދުގެސަރުކާރުވެސްރަގަޅު

  2. އަބްދޫ

    މަޅިޔަށް ނާރާތި . ވިސްނުންތެރިކަމާއެކު ކަންކުރައްވާތި.