ދުނިޔެ

ޕާކިސްތާނުގެ ބޯޑަރު އަފްގާނިސްތާނަށް ހުޅުވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ހަތިޔާރު އެޅި މީހަކު ޕާކިސްތާނުގެ ސެކިއުރިޓީ ގާޑަކު މަރާލިމުން، ބަންދު ކުރި ބޯޑަރު ހަފުތާއެއްހާ ދުވަސް ފަހުން ޕާކިސްތާނުން ޕާކިސްތާނުން ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

ހުޅަނގު ދެކުނުޕްރޮވިންސްގެ ބަލޫޗިސްތާނުގެ ބޯޑަރު ސިޓީ ކަމަށްވާ ޗަމަންގެ އޮފިޝަލެއް ކަމަށްވާ ޝެހްޒާދު ޒެހްރީ ވަނީ ހޯމަ ދުވަހު އަލްޖަޒީރާއަށް އަލުން ހުޅުވާލިކަން ކަށަވަރުކޮށްދީފައެވެ.

"ޑެޑްލޮކް ނިމުމަކަށް އައިސް، ހިނގާ ބިނގާވެ އުޅޭ މީހުންނާއި ވިޔަފާރީގެ ހުރިހާ ބޭނުމަކަށް ވެސް ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރު އަލުން ފަށާފައިވާ،" އޭނާ ވިދާޅުވ އެވެ.

އޮފިޝަލުން އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި ޗަމަން ބޯޑަރު ކްރޮސިން ނުވަތަ ފްރެންޑްޝިޕް ގޭޓް ގެ ނަމުން ނަން ދީފައިވާ ބޯޑަރު އަލުން ހުޅުވަން ނިންމީ މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނާއި އަފްޣާނިސްތާނުގެ ކަމާބެހޭ ފަރާތްތަކާ ދެމެދު ބޭއްވި ބައްދަލުވުމެއްގައެވެ.

ޗަމަންގެ އެހެން އޮފިޝަލެއް ކަމަށްވާ އަބްދުލް ހަމީދު ޒެހްރީ ވިދާޅުވީ އަފްޣާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން މިދިޔަ ހަފުތާގައި ހިނގި ހާދިސާއާ މެދު ހިތާމަފާޅުކޮށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!