ޚަބަރު ސިޔާސީ

ތަރައްޤީ މިނާ ނާޅިއަކީ ހަމައެކަނި ''ކޮންކްރީޓް'' ކަމަށް ހަދައި ނިންމަވައިފި: ވައްޑެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ތަރައްޤީ މިނާ ނާޅިއަކީ ހަމައެކަނި ''ކޮންކްރީޓް'' ކަމަށް ހަދައި ނިންމަވައިފި ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ވައްޑެ މިހެން ވިދާޅުވީ މި ވެރިކަން އައުމުގެ ކުރިން މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާ ވީޑިއޯ ކްލިޕެއް ހިއްސާ ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އަމީރު އޭރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އިގުތިސާދީ ގޮތުން ތަރައްޤީއެއް ނާންނަ ކަމަށާއި ބަނދަރާއި މިސްކިތާއި ބަށިކޯޓު އެޅުމަކީ ޙަޤީޤަތުގައި ތަރައްޤީ ލިބޭ ކަންކަމެއް ނޫން ކަމަށެވެ. ތަރައްޤީ ލިބެނީ ދިވެހި ރައްޔިތު މީހާގެ ޖީބަށް ފައިސާ ވަނުމުން ކަމަށް ވެސް އަމީރު ވިދާޅުވެފައިވެއެވެ.

ވައްޑެ ވިދާޅުވީ ތަރައްޤީއަކީ ހަމައެކަނި ބޮޑުހިލަ ބަނދަރެއް ނޫންކަމަށް ކިޔައި ވެރިކަމަށް އާދެވުމުން އަނެއްކާ ވެސް ތަރައްޤީ މިނާ ނާޅިއަކީ ހަމައެކަނި ''ކޮންކްރީޓް'' ކަމަށް ހަދައި ނިންމަވައިފި ކަމަށެވެ.

ވައްޑެގެ ވާހަކައަށް ތާއީދު ކުރައްވައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ކުރެއްވި ޓުވީޓުގައި ވަނީ އެހެންވީމާ މިއަދު ދައްކަވާ ވާހަކައަށް ދެން އޮންނާނީ ކޮން އިތުބާރެއްތޯ ސުވާލު ކުރައްވައިފައެވެ.

Ads by Ooredoo
  1. އަޙްމަދު

    އޭމިރަ ބުރާތި މީީހާ ކަލޭ ހީކުރާހެން ނަޝީދު ކަހަލަ ލާދީނީީމީހަކަށް އެއްމެނެއް ނުވާނެ