ޚަބަރު

ގައުމީ ދާރުލްއާސާރު ހިލޭ ބަލައިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި، ދާރުލްއާސާރަށް މާދަމާ ހިލޭ ވަދެވޭގޮތަށް ހަމަޖައްސައިފިއެވެ.

Ads by MWSC

ޤައުމީ ދާރުލްއާސާރުން ބުނި ގޮތުގައި މާދަމާ ހެނދުނު 06:00 އިން އިރުއޮއްސި 18:00 އަށް އެންމެނަށް ހިލޭ ވަނުމަށް ހުޅުވާލާނެ ކަމަށެވެ.

ޤައުމީ ދާރުލްއާސާރަށް ވަނުމުގެ ފުރުޞަތު އާއްމުކޮށް އޮންނަނީ ޚާއްސަ ޓިކެޓެއް ގަނެގެންނެވެ. އެގޮތުން ދިވެހި ދަރިވަރުންނަށް 15 ރުފިޔާ، ބިދޭސީ ދަރިވަރުންނަށް 2 ޑޮލަރު، ފަސް އަހަރު ފުރި 18 އަހަރު ނުފުރޭ ދިވެހި ކުޑަކުދިންނަށް 20 ރުފިޔާ، ފަސް އަހަރު ފުރި 18 އަހަރު ނުފުރޭ ބިދޭސީ ކުޑަކުދިންނަށް 5 ޑޮލަރު، 18 އަހަރުން މަތީ ކޮންމެ ދިވެއްސަކަށް 25 ރުފިޔާ އަދި 18 އަހަރުން މަތީ ކޮންމެ ބިދޭސީއަކަށް 10 ޑޮލަރު ދައްކަން ޖެހެއެވެ.

ދާރުލްއާސާރަށް އާންމު އުސޫލުން ހިލޭ ވަދެވޭނީ، ސްކޫލު މެދުވެރިވެގެން އަންނަ ދަރިވަރުން، އުމުރު އެނގޭ ރަސްމީ ލިޔުމެއް ގެންނަ 65 އަހަރުން މަތީ މީހުން، އުމުރުން ފަސް އަހަރު ނުފުރޭ ކުޑަކުދިންނަށް އަދި އެ ކުދިން ގޮވައިގެން އަންނަ ބެލެނިވެރިން އަދި ހާއްސަ ގޮތަކުން މަރުކަޒުން ހުއްދަ ދޭ ފަރާތްތަކަށެވެ.

Ads by Ooredoo
  1. އަލީ ރަށީދު ދެކުނު ތިލަ

    ތީކީ އާއްމުކޮއް ދެއްކުމެއްނޫން ތިވެސް އޮޅުވާލުމެއް