ދުނިޔެ

އަފްގާނިސްތާނުގައި އެއްޖިންސުން ގުޅުން ހިންގި ބަޔަކުގައި ހައްދު ޖަހައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެއްޖިންސުން ގުޅުން ހިންގުމާއި، ހިލޭ މީހަކާއެކު ޖިންސީ ގުޅުން ހިންގުމުގެ އިތުރުން ވައްކަމުގެ މައްސަލަތަކެއްގައި ހިމެނޭ 12 މީހެއްގެ ގައިގައި އަގްފާނިސްތާނުގައި ހައްދު ޖަހައިފިއެވެ.

Ads by Sosun Fihaara

އެތައްހާސް ބައެއްގެ ކުރިމަތީގައި ފުޓްބޯޅަ ދަނޑަކަށް އެންމެން އެއްކޮށް ހައްދު ޖެހި އިރު އޭގެ ތެރޭގައި 3 އަންހެނުންވެސް ހިމެނޭ ކަމަށް ހަބަރުތައް ބުނެއެވެ.

މިއީ މި މަސްތެރޭގައި ހައްދު ޖެހި 2 ވަނަ ފަހަރު ކަމަށް ހަބަރުތައް ބުނާ އިރު، މިއީ 1990 ގެ ކުރިން އޮތް ހަރުކަށި ތޯލިބާންގެ ސިފަތަކަށް ރުޖޫއަވުން ކަމަށް ހުޅަނގުން ވަނީ ސިފަކޮށްފައެވެ.

ހައްދު ޖެހުން ކުރިއަށް ގެންދިޔަ ލޮގާރު ސަރަހައްދުގެ ތޯލިބާން ތަރުޖަމާން އޮމަރު މަންސޫރު މުޖާހިދު ވިދާޅުވީ، ހައްދު ޖެހުމަށް ފަހު 3 އަންހެނުން ދޫކޮށްލާފައި ވާ ކަމަށާއި ނަމަވެސް ފިރިހެނުން ލީ ޖަލަށް ކަމަށެވެ.

ލޮގާރް ޕްރޮވިސްގައި ހައްދު ޖެހުން ކުރިއަށް ގެންގޮސްފައި މިވަނީ ތޯލިބާނުންގެ ރޫހީ ލީޑަރު ހިބަތުއްލޯ އަހުންދުޒާދާ އެކަމަށް އަމުުރު ކުރެއްވުމުންނެވެ.

Ads by HDC
  1. ކަނީރު

    …. ލޯ އަކީ ބައެއްމީހުން ﷲ ކިޔަން ދަސްނުކުރާތީ ނެރެވޭއަޑެއް. އެއަޑުއެގޮތަށް
    ލޯ އޭ ލިއުމަކީ އަހަރެމެނަކަށް ކުރުންއެދެވޭ
    ކަމަކަށް ނުވާނެ. އެއީ ކަމޭނުހިތުމަކަށްވާނީ.
    ވީމާ ބަދަލުގައި ﷲ އޭ ލިޔަމާ!

    • ނުރުހުނަސްް

      ދިވެހި ނޫސްވެރިންނަށްް ވެސް އެވަރު އެނގެން ވެއްޖެ ދެއްތޯ! މިއީ ނުދަންނަކަމުގެެެ ބޮޑުއަލާމާތެއް،

  2. އަފުޢާނިސްތާނުގައި މިހާ ތަމަޑު ފަޤީރުކަން އޮތް ފަޤަިރު ކަންބޮޑުވދުވަސްވަރެއްގައި ހައްދު ޖެހުން އެއީ ރަގަޅުގޮތްބާ ؟ އުމަރުގެ ފާނުގެ ދުވަސްވަރުގައި ތަދުމަޑު ފަޤީރު ދުވަސްވަރި ކައްކަން ކުރިމީހާގެ އަތެއް ނުކަޑާ !