ޚަބަރު ސިޔާސީ

ދުވާފަރު ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރ.ދުވާފަރު--

ރ.ދުވާފަރު ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްފަހު، ޢާންމުކޮށްފިއެވެ.

Ads by Sosun Fihaara

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 14 ވަނަ މާއްދާއާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަން ކޮމިޝަނުން ޢާންމުކުރެއްވީ އިއްޔެގައެވެ.

އަންނަ ޑިސެންބަރުމަހުގެ 24 ވާ ހޮނިހިރު ދުވަހުގައި ބާއްވާ މި އިންތިޚާބުގައި ވާދަކުރަނީ ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެކެވެ.

އަމިއްލަ ގޮތުން ވާދަކުރައްވަނީ އަޙްމަދު ޙުސައިން، ރިހިތަޅާގެ/ރ.ކަނދޮޅުދޫ (ކެންޑިޑޭޓް ނަންބަރު 01)އެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ފާޠިމަތު ޢަލީ، އަސަރީގެ/ ރ.ކަނދޮޅުދޫ (ކެންޑިޑޭޓް ނަންބަރު 02)އެވެ.

ޕީޕީއެމްގެ ސެނެޓަރ އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުވާފަރު ކައުންސިލަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށް ހުޅުވައިލީ މި މަހުގެ އަށްވަނަ ދުވަހު ކަމަށާއި މި މަހުގެ 24 ވަނަ ދުވަހު ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އެމްޑީޕީން ހުށަހެޅި ކެންޑިޑޭޓް ހުށަހަޅުއްވާފައިވަނީ ޤާނޫނީ ފޯމާއި އެހެނިހެން ލިޔެކިޔުން ފުރިހަމަނުކޮށް ކަމަށެވެ. އެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ''ޕީޕީއެމް ޓީމް މާ ހިންގުންތެރި'' ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!