ޕާޓީގެ ރައީސް ކަމުން ސައި އިސްތިއުފާ ދެއްވައިފި
ޓައިވާނުގެ ލޯކަލް އިންތިހާބުތަކުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން އެ ޕާޓީގެ ރައީސް ސައި އިންގް-ވެން ވެރިކަން ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީގެ ވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ހޮނިހިރު ދުވަހު އިދިކޮޅު ކުއޮމިންޓަންގް (ކޭއެމްޓީ) އިން ވަނީ ވެރިރަށް ޓައިޕޭގެ އިތުރުން ބޮޑެތި ބައެއް ސިޓީގެ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.
ޓައިވާނަކީ ޗައިނާ އާއި އެމެރިކާއާ ދެމެދު އޮތް ބޮޑު ޖިއޮޕޮލިޓިކަލް ފްލޭޝް ޕޮއިންޓަކަށް ވުމުން މި ވޯޓަށް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ.
"އިންތިހާބުގެ ނަތީޖާ އުންމީދުކުރި ގޮތަށް ނުފެނުނު... ހުރިހާ ޒިންމާއެއް އުފުލަން. ޑީޕީޕީގެ ޗެއާވުމަންގެ މަގާމުން ވަގުތުން އިސްތިއުފާ ދެއްވަން،" އަމިއްލަ ވެރިކަން ކުރާ އެ ރަށުގެ ރައީސްގެ މަގާމުގައި ދެމިހުންނެވި ސައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކާއި ސިޓީ މޭޔަރުންގެ އިންތިޚާބަކީ ޑޮމެސްޓިކް ފޯކަސްއެއް އޮންނަ އިންތިހާބެކެވެ. ސައި ވިދާޅުވީ, މި އިންތިޚާބުގައި ރައްޔިތުން ވިސްނީ, ކުށާއި ބޯހިޔާވަހިކަމާއި އިޖުތިމާއީ ވެލްފެއާ ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އަދި ޗައިނާއާ މެދު ޓައިވާނުން ގެންގުޅޭ ސިޔާސަތާ މެދު އިންތިހާބުވާ ފަރާތްތަކުގެ ސީދާ ބަސް ކިއުމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ލޯކަލް އިންތިހާބާ އެކު ކުރިއަށް ގެންދިޔަ ރެފަރެންޑަމްގައި ވޯޓުލާ އުމުރު 20 އަހަރުން 18 އަހަރަށް ދަށްކުރުމަށް ވެސް ވޯޓާސް އިން ވަނީ ދެކޮޅު ހަދާފަ އެވެ.
ޗައިނާ ސަރުކާރުން ދެކޭ ގޮތުގައި ޓައިވާނަކީ ވަކިވެފައިވާ ޕްރޮވިންސެއްގެ ގޮތުގަ އެވެ. ނަމަވެސް ޓައިވާނުގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި އެމީހުންގެ އަމިއްލަ ވެރިކަމުގެ ވައްޓަފާޅިއާއި ޑިމޮކްރެޓިކް ނިޒާމެއް އޮންނަ އެމީހުންގެ އަމިއްލަ ވެރިކަމެއް އޮންނަ ރަށަކީ ތަފާތު ރަށެކެވެ.