ޚަބަރު ޝަރުޢީ ދާއިރާ

މަޖިލީހުގެ ދައުރު ނިމުނުއިރު ވެސް ޖޭއެސްސީ އިސްލާހުކުރާ ބިލު ހުށަހެޅުއްވޭ ގޮތެއް ނުވި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމުގެ ބިލު އެކުލަވާލައި, ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުއްވޭ ގޮތެއް ނުވިއެވެ.

Ads by STELCO

މިދިޔަ ސެޕްޓެމްބަރުމަހު އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާޙުކުރުމަށްޓަކައި ޤާނޫނުއަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާތައް އެކުލެވޭ ބިލު އެކުލަވާލައި, ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުއްވުމަށް ގަސްތުކުރައްވާ ކަމަށެވެ.

އެގޮތުން ބިލު އެކުލަވައިލުމުގެ މަސައްކަތަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ސުޕްރީމް ކޯޓާއި، ހައި ކޯޓާއި، ދަށު ކޯޓުތަކާއި، ޖޭއެސްސީއާއި އެ ނޫން ވެސް ކަމާބެހޭ ފަރާތްތަކާއެކު އެ ކޮމިޝަނުން ވަނީ މަޝްވަރާ ބައްދަލުވުންތައް ވެސް ބާއްވަވަވައިފައެވެ.

މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ނިމޭ ދުވަހެވެ. ނަމަވެސް މިހާތަނަށް އައިއިރު ބިލު ހުށަހެޅުއްވޭ ގޮތެއް ނުވިއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖޭއެސްސީ އިސްލާޙު ކުރެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ.

ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޖޭއެސްސީއަކީ ދެފުށް ފެންނަ ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުވާން ޖެހެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!