ހުވަދޫ އަތޮޅަށް ބިންހެލުމެއްގެ އަސަރު ކޮށްފި

ބިންހެލުމެއްގެ އަސަރު ހުވަދޫ އަތޮޅަށް ކޮށްފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ދާދި ދެންމެއަކު ހާމަކޮށްފައިވާ ގޮތުގައި މިރޭ ގއ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓުތައް ލިބިފައި ކަމަށެވެ.
ބެލި ބެލުމުން، ގދ. ކާޑެއްްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑު ކުރާ މީޓަރަށް ރާއްޖެގަޑިން މިރޭ ދަންވަރު 00:11 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރިކޯޑު ކުރެވިފައިވާކަމަށްް އެއިދާރާއިން ބުނެފައިވެއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ، މި ލޮޅުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.
ބިންހެލުމަކީ ﷲ ވޮޑިގެންވާ ކަމުގެ ވަރަށް ބޮޑު ދަލީލެއް، !ބިންހެލުމަކީ އިންޒާރެއް! ބިންހެލުމަކީ ﷲ ކާއިނާތުގައި ލައްވާ ފައިވާ ދިރުން ތަކަށް އަންނަ ލޮޅުން ތަކެއް ! ބިންހެލުމަކީ އިންސާނުން ﷲ ތައުބާވެ ފާފަފުއްސެވުން އެދި ދަންނަވަން އިންޒާރު ކުރާ އިންޒާރުތަކެއް ! ޔާ ﷲ އަޅަމެން އިސްލާހުގެ މަގަށް ގެންދާވާދޭވެ !