Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޙަބީބާ އަވަހާރަވުމަކީ ގިނަ ގޮތްގޮތުން ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް: ރައީސް ޞާލިޙު

ޙަބީބާ އަވަހާރަވުމަކީ ގިނަ ގޮތްގޮތުން ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް: ރައީސް ޞާލިޙު

ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ޙަބީބާ ޙުސައިން ޙަބީބު އަވަހާރަވުމަކީ ގިނަ ގޮތް ގޮތުން ދިވެހި ޤައުމަށް ލިބުުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ ޙަބީބާގެ ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވައި، ލިޔުއްވި ބަޔާނުގައެވެ.

ރައީސް ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ ޙަބީބާ ދިވެހި ދަޢުލަތަށް ޚިދުމަތްކުރެއްވި 49 އަހަރަށްވުރެ ދިގު މުއްދަތުގައި ދައްކަވާފައި ވަނީ، މަސައްކަތަށް ކަމޭ ހިއްތެވުމާއި، ދިވެހި ދައުލަތަށް އިޚްލާސްތެރިވުމާއި، ސަރުކާރަށް ވަފާތެރިވުމުގައި ވަރަށް މަތިވެރި ނަމޫނާއެއްކަމަށް ވިދާޅުވެފައެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން ލިޔުންތެރިކަމުގެ ރޮނގުންނާއި ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށް ކުރެއްވި ޚިދުމަތްތަކުގެ އިތުރުން، ދިވެހިރާއްޖޭގައި ލައިބްރަރީގެ ޚިދުމަތް ތަރައްޤީކުރައްވައި، ފުޅާކުރެއްވުމުގައި ޙަބީބާ އަދާކުރައްވާފައި ވަނީ، ޝުކުރުވެރިވުން ޙައްޤު ދައުރެއްކަން ރައީސްގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސް ޞާލިޙުގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމާ ޙަބީބާ ޙުސައިން ޙަބީބުގެ ފުރާނަފުޅަށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، އެކަމަނާގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވަމުންނެވެ.

ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ޙަބީބާ ޙުސައިން ޙަބީބު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ހުސްވި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ހަވީރު އޭ.ޑީ.ކޭ. ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.

 

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް