ޚަބަރު އިޖުތިމާޢީ

މަރްޙޫމް އިބްރާހީމް މަނިކުގެ ހަނދާނުގައިި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ސަމަރުބްލޫ އިބްރާހީމް މަނިކު

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ސަމަރުބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައިި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.

Ads by STELCO

މަރްޙޫމް އިބްރާހީމް މަނިކުގެ ހަނދާނުގައިި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވާފައިވަނީ ދިވެހިރާއްޖޭގެ އަޑުގައެވެ.

ސަރުކާރުން އެ ގޮތަށް ނިންމެވީ ދިވެހިރާއްޖޭގެ އަޑަކީ މަރްޙޫމް އިބްރާހީމް މަނިކު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުއައްސަސާ ކަމަށްވުމުންނެވެ.

ތަޢުޒިޔާގެ ދަފްތަރު އިއްޔެ ހުޅުވާފައިވާއިރު ޕީއެސްއެމްގެ އިސްވެރިންނާއި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި ދައުލަތުގެ ބައެއް އިސްވެރިން ވަނީ ސޮއިކުރައްވައިފައެވެ.

ދަޢުލަތަށް ނުހަނު ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އޮނަރަބަލް އިބްރާހީމް މަނިކުގެ ހަނދާނުގައި ދިވެހިރާއްޖޭގެ އަޑުގައި ހުޅުވާފައިވާ ދަފްތަރުގައި މިއަދު ސޮއިކުރިން. އެ މަނިކުފާނާއެކު މަސައްކަތް ކުރުމުގެ ތެރެއިން ހަނދާނުން ފިލައިގެން ނުދާނޭ އެތަކެއް ފުރުޞަތެއް ލިބުނު.

ދަފްތަރުގައި ސޮއިކުރެެއްވުމަށްފަހު ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ކުރެެއްވި ޓުވީޓެއްގައިވެއެވެ.

ދަޢުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އިބްރާހިމް މަނިކު އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!