ބްލެކްމެއިލްކޮށްގެން ފައިސާ ހޯދަން އުޅުނު މީހާގެ ބަންދަށް ފަސް ދުވަސް

ދެމަފިރިއަކު ބްލެކްމެއިލްކޮށްގެން އެ މީހުން އަތުން ފައިސާ ހޯދަން އުޅުނު މައްސަލައިގައި ބ.ތުޅާދޫން ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
ތުޅާދޫގައި މީހަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހުކުރު ދުވަހުއެވެ.
އެ މައްސަލައިގައި އާދިއްތަ ދުވަހުގެރޭ ހައްޔަރުކުރީ ޢުމުރުން 31 އަހަރުގެ ފިރިހެނެކެވެ.
އޭނާ ހައްޔަރުކުރީ ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ދެމަފިރިން ބްލެކްމެއިލް ކުރި މައްސަލައިގައެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޭނާގެ ބަންދަށް އެ ރަށު ކޯޓުން އިއްޔެ ފަސް ދުވަސް ދީފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރައްވަމުންނެވެ.