ޚަބަރު ސިޔާސީ

ވ.ތިނަދޫ އަންހެނުންގެ ކޮމިޓީ ބައި-އިލެކްޝަނަށް ހުޅުވާލައިިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މީގެ ކުރިން ބޭއްވެވި ބައި-އިލެކްޝަނެއްގެ ތެރެއިން-

ވ.ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިިލެކްޝަން އަންނަ ޖެނުއަރީ މަހުގައި ބާއްވާ ގޮތަށް ހަމަޖައްސަވައި އެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިއްޔެ ހުޅުވާލައްވައިފިއެވެ.

Ads by MWSC

އިލެކްޝަން ކޮމިޝަން (އީސީ) އިން އިއްޔެ ވިދާޅުވީ ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ފަސް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖައްސަވާފައިވަނީ އަންނަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

އެ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މި މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ 14:00 ނިޔަލަށް ވަނީ ފުރުޞަތު ހުޅުވާލައްވައިިފައެވެ.

އީސީން އެ ގޮތަށް ހުޅުވައިލެއްވުމާއެކު އެމްޑީޕީން އިއްޔެ ވަނީ ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މީހުންނަށް ފުރުޞަތު ހުޅުވާލައިފައެވެ.

ތިނަދޫ ބައި އިލެކްޝަންގެ އިތުުރުން ހއ.ތަކަންދޫ ކައުންސިލް އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މީހުންނަށް ފުރުޞަތު ހުޅުވާލައިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

އީސީން ނިންމަވާފައިވަނީ އެ ދެ ރަށުގެ ބައިި އިލެކްޝަން ވެސް ޖެނުއަރީ 21 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!