''މަހާޒުގެ މައްސަލަ ބަލަން ފެށީ ސަރުކާރުގެ ނުފޫޒަކުން ނޫން''
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަން ފެށީ ސަރުކާރުގެ ނުފޫޒު ފޯރުވައިގެންކަމަށް ކުރާ ތުހުމަތުތަކަށް ސަރުކާރުން މިއަދު ރައްދު ދެއްވައިފިއެވެ.
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށް ކުރި ޙުކުމް ބާތިލުކުރެއްވި ސްޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަޙްޤީޤު ކުރައްވަން ފެށްޓެވިކަން ޖޭއެސްސީން ހާމަކުރެއްވީ މިދިޔަ ހުކުރު ދުވަހުގައެވެ.
މަހާޒާ ގުޅޭގޮތުން ޖޭއެސްސީން ތަޙްޤީޤު ކުރައްވަނީ ރައީސް ޔާމީންގެ މައްސަލައިގައި ޙުކުމް ކުރެއްވި ދުވަހު މެންދުރު ރެސްޓޯރަންޓަކުން ކޯޓަށް ގެނައި ފަރިއްކޮޅަކާ ހަވާލުވެވަޑައިގެން ފަރީއްކުޅުއްވި މައްސަލައެވެ.
އެ މައްސަލަ ބައްލަވަން ފެށްޓެވުމުން ބައެއް ފަރާތްތަކުން ވަނީ އެ މައްސަލަ ބައްލަވަނީ ސަރުކާރުން ނުފޫޒު ފޯރުއްވަވައިގެން ކަމަށް ތުހުމަތު ކޮށްފައެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުުރުމުން ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ޝަރުޢީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ ކަމުގައެވެ.
ޖުޑިޝަރީއަކަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ. ދެން ޖޭއެސްސީން ކުރައްވާ ކަންތައްތަކަށް އަޅުގަނޑު ކޮމެންޓެއް ނުކުރާނަން.
މަހާޒްގެ މައްސަލަ ބައްލަވަން ފެށްޓެވީ ސަރުކާރުގެ ނުފޫޒުންތޯ ނުވަތަ ނޫންތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ ''އެއްވެސް ނުފޫޒެއް ނޯންނާނެ'' ކަމުގައެވެ. އަދި ''ސަރުކާރުގެ ނުފޫޒެއް ޖުޑިޝަރީއަަށް ޖޭއެސްސީއަކަށް ނޯންނާނެ'' ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަހާޒާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅުނު ޝަކުވާއަކީ ރައީސް ޔާމީންގެ މައްސަލައިގައި ''ވަކި ގޮތަކަށް ޙުކުމް ކުރެއްވުމުން'' އެ ކަމުގެ އުފަލުގައި އެ ޤަޟިއްޔާގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރަކު ފޮނުވި ފަރިއްކޮޅެއް ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.
އެ ޝަކުވާއާގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން ވެސް އެ ދުވަހުގައި ފަރީއްކޮޅެއް އޮތްކަމަށް ވިދާޅުވުން ފިޔަވައި އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށް ދެއްވުމަށް ތަކުރާރުކޮށް މަހާޒް އިއުތިރާޒުކުރެއްވި ކަމަށް ޖޭއެސްސީން ވިދާޅުވެފައިވެއެވެ. އަދި ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ޚަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި މަހާޒު އިޖާބަދެއްވާފައި ނުވާ ކަމަށް ވެސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ތުހުމަތުތައް ދޮގުކުރައްވައިި މަހާޒު ވިދާޅުވެފައިިވަނީ ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ދިގުލައިގެންދާތީ ކޮންމެ ދުވަހަކު ވެސް މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރެއް އަނެއް ދެ ފަނޑިޔާރުންނާއެކު މެންދުރުގެ ފަރިއްކޮޅެއް އަމިއްލަ ޚަރަދުގައި ގެންނަވާ ކަމަށާއި އެ ގޮތަށް ދައުރުވަމުން ގޮސް ޔާމީންގެ ހުކުމް ބާތިލުކުރެއްވި ދުވަހު ތަނަކަށް އޯޑަރުކުރައްވައިގެން އެއްޗެއް ގެންނެވީ އޭނާގެ ޚަރަދުގައި ކަމަށެވެ. އަދި އެކަން ހުރިހާ ފަނޑިޔާރުންނަށް އެނގިވަޑައިިގަންނަވާނެ ކަމަށާއި ފައިސާ ދެއްކެވި ސްލިޕް އެބައޮތް ކަމަށާއި އެއީ ހިލޭ ނުވަތަ ނުއަގުގައި ގެންނެވި އެއްޗެއް ނޫން ކަމަށް މަހާޒް ވަނީ ވިދާޅުވެފައެވެ.
ޖޭއެސްސީ އޮތްނަ ގޮތުން ނުފޫޒު ނޯވެޔެކޭ ނުބުނެވޭނެ، ބުނެވޭނީ ނުފޫޒު ފޯރުވަޔޭ !
ތީނަގެނުފޫުޒުންތަ ހުރިހާކަމެއްކުރާއިރުވެސް ސަރުކާރުނިދާފަ ހެކިއުފައްދާގެން ނުހައްގުންމީހުންގަނަތަޅުވާއިރުވެސް ސަރުކާރުނިދާފަ ހާދަގާބިލުކަމެއްނެއްސަރުކާރެއްތަ ސަނާކިޔާއެއްކަނަށްޖެހުނަސްތީތައްކޮޅެއްބޮޑވަރެއް