Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެސްޓީއޯގެ ފުރަތަމަ ސްޓާފް އެވޯޑް ހަފްލާ ބާއްވައި، މުވައްޒަފުންގެ އަގު ވަޒަންކޮށްފި

އެސްޓީއޯގެ ފުރަތަމަ ސްޓާފް އެވޯޑް ހަފްލާ ބާއްވައި، މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން(އެސްޓީއޯ)ގެ ފުރަތަމަ ސްޓާފް އެވޯޑް ހަފްލާ ބާއްވައިފިއެވެ.

މިރޭ ބޭއްވި މި ހަފްލާގައި ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފައެވެ.

އެސްޓީއޯއިން ބުނީ މިފަދަ އެވޯޑެއް ދިނީ ކުންފުނީގެ ކުރިއެރުމަށް ބާރު ފޯރުވައިދޭ މުވައްޒަފުންގެ ހުނަރާ މަސައްކަތަށް ހައްޤު ޝަރަފެއް ދިނުމުގެ ގޮތުން ކަަމަށެވެ.

Advertisement
Allied — Dhen Online (box)

މި އެވޯޑް ހަފްލާގައި މުވައްޒަފުންނަށް ދިން އެވޯޑްތަކުގެ ތެރޭގައި ބްރިލިއަންސް އެވޯޑް، އެޑިއުކޭޝަނަލް އެޗީވްމަންޓް އެވޯޑް، އައުޓްސްޓޭންޑިން އިނޮވޭޓަރ އެވޯޑް، ގޮޓް ދެޓް އެކްސްޓްރާ މައިލް، ޓީމް ޕްލެޔަރ އެވޯޑް، ސަރވިސް އެކްސަލަންސް އެވޯޑް، ސޭލްސް ފްރަންޓް ރަނަރ އެވޯޑް، ސޯޝަލް މީޑިއަރ ޝައުޓްއައުޓް އެވޯޑް، ހައިޕަރ ހެލްޕަރ އެވޯޑް، ސްޕޯޓްސް ސްޓަރ އެވޯޑް އަދި އެމްޕްލޯއި ޗޮއިސް އެވޯޑް ހިމެނެއެވެ.

[caption id="attachment_169623" align="alignnone" width="1280"]<img class="size-full wp-image-169623" src="https://cdn.dhen.mv/wp-content/uploads/2022/12/DFSDF.jpg" alt="" width="1280" height="720" /> އެސްޓީއޯގެ ސްޓާފް އެވޯޑް ހަފްލާގެ ތެރެއިން--[/caption]

މި އެވޯޑްތަކަށް އެސްޓީއޯގެ މުވައްޒަފުން ނޮމިނޭޓް ކުރުން ކުރިއަށް ގެންދިޔައީ ޚާއްސަ ޕޯޓަލަކުންނެވެ. އަދި ނޮމިނޭޝަނަށް ހުޅުވައިލުުމުން، 598 ނޮމިނޭޝަން ލިބުނު ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެކުންފުނިން މި އެވޯޑްތަކަށް ނޮމިނޭޓްވި މުވައްޒަފުންގެ ނަންތައް ދިރާސާ ކުރީ އެކަމަށް ޚާއްސަކޮށް އުފެއްދި ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް