ޚަބަރު ސަރުކާރު

އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރަން: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސަރުކާރުން އަބަދުވެސް މަަަސައްކަތް ކުރައްވަމުން ގެންދަވަނީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކޮށްދެއްވުމަށް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައި ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކޮށްދެއްވުމަށް ކަމަށެވެ.

މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް މަސްވެރިންނާއި މި ސިނާޢަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކުރަން. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް.

ކޮންމެ އަހަރެއްގެ ވެސް މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރު 10 ގައެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހާ ކުރިމަތިލިއިރު މަސްވެރިން ބާނާ މަސްކޮޅަށް ހަމައަގު ނުލިބުމާއި ކިރުވާ މަހަށް ފައިސާ ނުލިބުމާއި މަސްކޮޅު ކިރޭ ގޮތްނުވެ އުކައިލަންޖެހުންފަދަ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

މަސްވެރިންގެ ޝަކުވާތަކަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރައްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވެއެވެ.

  1. މަހުގައިވެސް އަގު ތެލުގައި ވެސް އަގު !
    ދިވެހި ރާއްޖޭގެ ކަންޑު ތަކާއި ކަންޑުގައި ހުރި މަސްތައް ރަގަޅަށް މެނޭޖު ކުރެވިއްޖެއްޔާ ދުނިޔޭގެ މަހުގެ ބާޒާރު ދިވެހިންނަށް ވެސް ކޮންޓްރޯލް ކުރެވިދާނެ، ތެލުގެ ބާޒާރު އޯޕެކް ޤައުމުތަކުން ކޮންޓްރޯލް ކުރާގޮތަށް !