ޚަބަރު ސިޔާސީ

ސަރުކާރު ލީކުވެ ނެޕީ ބަދަލުކުރާ ހިސާބުގައި: މަލީހު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސަރުކާރު އޮތީ ލީކުވެ ނެޕީ ބަދަލުކުރާ ހިސާބުގައިކަމަށް ވިދާޅުވެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ފާޑުވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މަލީހު ފާޑުވިދާޅުވެފައި މިވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ޙަސަން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއެކު ގައިގޯޅިކޮށް އިންނަވާ މަންޒަރު ފެންނަ ފޮޓޯއަކާއި ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ކަމަށް ބެލެވޭ ފަރާތެއް، ފިރިހެނަކާއެކު ގައިގޯޅިކޮށް އިންނަވާ މަންޒަރު ފެންނަ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވަމުންދާތީ އެކަމަށް ޢިޝާރަތް ކުރައްވައެވެ.

އެހެންވެ މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރު އޮތީ ލީކުވެ ނެޕީ ބަދަލުކުރާ ހިސާބުގައިކަމަށް ކަމަށެވެ.

ބިތުފަންގި ނަގާ ވަރަކަށް ފެންނަމުން މިދަނީ ސަރުކާރުގެ ތެރެއިން ރައްޔިތުން ދެކެން ބޭނުން ނުވާނެހައި ލަދުވެތި މަންޒަރާއި ލަދު ފަޟީހަތް ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

މާގިިރިން, އަލަމްގިރިން, ކޯރެއްގެ ސާހިލުން, އެޓްލާންޓިސް ހޮޓެލު ގޮނޑު ދޮށުން ފެންނަނީ ސަރުކާރުގެ ނުތާހިރުކަން.

މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ސްޓޭޓް މިނިސްޓަރު ޒިފްލީން ފޮރިން މިނިސްޓަރު ޝާހިދާއެކު ގައިގޯޅިކޮށް އިންނެވީ ބުރުގާ ވެސް ނާޅުއްވައެވެ. މި ފޮޓޯތަކާ ގުޅޭ ގޮތުން އެ ބޭފުޅުން އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!