ހޮލީވުޑް މުނިފޫހިފިލުވުން

ޖޯކަރ 2 ގެ ފުރަތަމަ ފޮޓޯ ދައްކާލައިފި

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

2019 އަހަރު ނެރުނު ވަރަށް ގިނަ ބަޔެއްގެ ތަރުހީބު ލިބިގެންދިޔަ ފިލްމެއްކަމަށްވާ ޖޯކަރގެ 2 ވަނަ ބައިގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

Ads by Sosun Fihaara

ޖޯކާރ ދެވަނަ ބައިގެ ފުރަތަމަ ފޮޓޯ

ފިލްމުގެ ޕްރިންސިޕްލް ފޮޓޯގްރަފީ ފަށާފައިވާކަން އިޢުލާނު ކުރަމުން ޑިރެކްޓަރު ފިލިޕްސް އާންމު ކުރި ފޮޓޯއިން ފެންނަނީ ޖޯކަރގެ ފުރަތަމަ ބައި ނިމުނުއިރު ފެނުނު އެސައިލަމްގައި ޖޯކާ ހުއްޓައެވެ. ކޮންމެވެސް މީހަކު އޭނާގެ ތުނބުޅި ބާލަން ހުއްޓަ ފޮޓޯއިން ފެނިގެންދެއެވެ.

ފިލްމުގެ ޝޫޓިން ކުރިޔަށް ގެންދަނީ އެމެރިކާގެ ލޮސްއެނެޖެލިސްގައެވެ. އަދި މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ލޮސް އެންޖެލިސްގައެވެ. އަދި މި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ 2023 ގައެވެ.

2020 ވަނަ އަހަރުގެ އެތައް އޮސްކާ އެވޯޑެއް ލިބިގެން ދިޔަ މިފިލްމުގެ ލީޑް ރޯލު އަދާކޮށްފައިވާ ހޯކިން ފީނިކްސް ދެވަނަ ބައިގެ ލީޑު ރޯލުންވެސް ފެނިގެންދާނެއެވެ. މީގެ އިތުރުން ކުރީގެ ފިލްމުގައި ނުހިމެނޭ ރޯލެއް ކަމުގައިވާ ހާލީ ކުއިންގެ ގޮތުގައި ލޭޑީ ގާގާވެސް ފެނިގެންދާނެއެވެ،

ކުރީގެ ފިލްމުން ފެނިގެން ދިޔަ އެކްޓަރުން ތެރެއިން މި ފިލްމަށް އަންނާނެ ކަމަށް ކަށަވަރުވެފައިވަނީ ފީނިކްސްގެ އިތުރުން ސޯފީ ޑައިމަންޑްގެ ރޯލުން ފެނިގެން ދިޔަ ޒެޒީ ބީޓްސްއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!