ކެޓުމުން ބްރެޒިލްގެ ކެޕްޓަން ވެސް ރާއްޖެއަށް

ވޯލްޑްކަޕް ކުއާޓަރ ފައިނަލްގައި ބްރެޒިލްއަށް ލިބުނު ނާކާމިޔާބީއަށްފަހު އެ ޓީމުގެ ކެޕްޓަން ތިއޯގޯ ސިލްވާ ރާއްޖެ އަތުވެއްޖެއެވެ.
ތިއޯގޯ އައިސްފައިވަނީ ރާއްޖޭގެ ފަސްތަރީގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ޖާނީއަށެެވެ.
ތިއޯގޯއަކީ ބްރެޒިލްގެ ޑިފެންސަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާއަކީ ޗެލްސީގެ ޑިފެންޑަރު ވެސް މެއެވެ.
ގަރަތުގައި މިހާރު ކުޅެމުން އަންނަ ވޯލްޑްކަޕްގެ މެޗުތަކުން ބަލިވާ ޓީމުގެ ބައެއް ކުޅުންތެރިން ރާއްޖެ އައިސްފައިވެއެވެ. މިމަހުގެ ތެރޭގައި ގިނަ އަދަދެއްގެ ފުޓްބޯޅަ ކުޅުންތެރިން ރާއްޖެއައިސްފައިވާއިރު، ވޯލްޑްކަޕް ނިންމާލުމަށްފަހު ރާއްޖެއަށް އިތުރު ކުޅުންތެރިން އަންނާނެ ކަމަށް ބެލެއެވެ.
ދިވެހި ނޫސްވެރިކަމުގަ އަބަދު ފާޅުކުރެވިފައި ހުންނާނީ މީހުންނަށް ހަޖޫޖެހުމުވެ ޚިޔާލު “ކެޓުމުން ބުރެޒީލްގެ ކެޕްޓަންވެސް ރާއްޖޭގައި”