Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި އަތުލައިގެންފި

ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި އަތުލައިގެންފި

ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފުލުހުން އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގަތީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން މިއަދު ވިދާޅުވީ އެ ތަކެތި ހޯދާފައިވަނީ ހިތަދޫ ފަޅުގެއެއްގެ ތެރެއިން ކަމުގައެވެ.

Advertisement
Allied — Dhen Online (box)

ފުލުހުން ވިދާޅުވި ގޮތުގައި ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 15 ހަމާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި އެ ތަނުން ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް އެ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރައްވަމުން ގެންދަވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް