އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެމްޕޭން މެނޭޖަރަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހަމަޖެއްސުމަށް ނިންމަވައިފިއެވެ.
ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙުގެ ކެމްޕޭން ރަސްމީކޮށް ފަށަން ވާންޖެހޭ ތައްޔާރީތައްވަމުން އަންނައިރު މިހާރު ވަނީ ކެމްޕޭން އޮފީހާއި ކެމްޕޭނެ މެނޭޖަރެއް ހަމަޖައްސައި ސޯލްޓް ކެފޭގައިވަނީ ކެމްޕޭން އޮފީހެއް ޤާއިމުކޮށްފައެވެ.
އެނގިފައިވާ ގޮތުން ކެމްޕޭން މެނޭޖަރަކަށް އައްޔަންކުރަން ނިންމާފައިވަނީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ނާޝިޒެވެ. އޭނާއަކީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ފިރިމީހާއެވެ.
ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަދި ރަސްމީކޮށް ހާމަކުރައްވާފައި ނުވި ނަމަވެސް އެ މަނިކުފާނު ވެސް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އަރިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ނަޝީދު ކެމްޕޭން ފެށުމަށް ބައްދަލުވުންތައް ވަނީ ފަށައިފައެވެ.
ސޮޑުމެނޭޖަރެއްލައިގެންތިކަންވާނެބާ ތާކު އަގަިންބުނެވާހަކަވެސް ދައްކަންނުކެރޭ ޓޮއްޓޮކެއް