ޚަބަރު ސަރުކާރު

ރައީސް ޞާލިޙް ބޮސްނިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބޮސްނިއާ އެންޑް ހަރޒަގޮވިނާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒު ޑޮކްޓަރ ބިސޭރާ ޓުރްކޮވިޗްއާ ބައްދަލު ކުރައްވައިފިއެވެ.

Ads by STELCO

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އެކި ދާއިރާތަކުން މަޝްވަރާ ކުރައްވައިފައެވެ.

އެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާއާއި ޒުވާނުންގެ ތަރައްޤީއާއި ގިނަ ޤައުމުތައް އެކުވެގެން ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުން ފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން ކުރިމަގުގައި ވެސް ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން ދެ ބޭފުޅުން ވަނީ ދެއްވައިފައެވެ.

މިއީ ބޮސްނިއާ އެންޑް ހަރޒަގޮވިނާގެ މަތީ މަންތީގެ މަންދޫބަކު ރާއްޖެއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެވެ.

1997 ޖެނުއަރީ 27 ގައި ދެ ޤައުމުން ސިޔާސީ ގުޅުން ގާއިމުކޮށްފައިވާއިރު މި އަހަރަކީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 25 އަހަރު ފުރޭ އަހަރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!