Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

އިޔާޒު ވިދާޅުވަނީ، ނިޝާމާގެ ޕޯސްޓްމޯޓަމް ހެދުމަށްވުރެ ރަނގަޅީ ޖަނާޒާ ބޭއްވުން ކަމަށް

އިޔާޒު ވިދާޅުވަނީ، ނިޝާމާގެ ޕޯސްޓްމޯޓަމް ހެދުމަށްވުރެ ރަނގަޅީ ޖަނާޒާ ބޭއްވުން ކަމަށް

ޕޯސްމޯޓަމް ހަދައިގެން މައްޔިތާއަށް އިތުރު އަނިޔާއެއް ދިނުމަށްވުރެ ރަނގަޅު ގޮތަކީ ޖަނާޒާގެ ކަންކަން ނިންމައިލުން ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ހދ.ނޮޅިވަރަމް، ހިތަށްފިނިވާގެ، އުމުރުން 28 އަހަރުގެ ނިޝާމާ މުޙައްމަދު މަރުވިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވީއިރުވެސް، އޭނާގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވިފައެއް ނުވެއެވެ. ނިޝާމާގެ ހަށިގަނޑު އަދިވެސް ގަލޮޅު މޯޗަރީގައި އޮތްއިރު، މޯޗަރީގައި ކަމަށް މަޢުލޫމާތު ލިބެއެެވެ.

ޕޯސްޓްމޯޓަމް ހަދަނީ ހަށިގަނޑު ފަޅާލައި، އެތެރޭގެ ބައެއް ގުނަވަންތައް ނަގައިގެންނެވެ. މިކަން ކުރުން އެންމެ ރަނގަޅީ ވީހާވެސް އަވަހަށެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/dr_iyaz/status/1604382634552934400

ޑރ.އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިޝާމާގެ ޤާތިލު ކަަމަށް ޝައްކުވާ މީހާ ކަމުގައިވާ އޭނާގެ ފިރިހީމާ ފައިސަލް އަބޫބަކުރު، މިހާރު މަރުވެފައިވާއިރު، ޤާތިލަކީ ކާކުކަން ހޯދުމުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ.

ޑރ.އިޔާޒު މިހެން ވިދާޅުވިއިރު، ނިޝާމާ މަރައިލި ކަމަށް ތުހުމަތު ކުރެވެނީ، އޭނާއަށް ގެވެށި އަނިޔާ ކުރަމުން ދިޔަ، ފިރިމީހާ ފައިސަލްގެ މައްޗަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް