ޚަބަރު ޝަރުޢީ ދާއިރާ

ފަނަރަ ކޯޓަކަށް އިސް މެޖިސްޓްރޭޓުން ހޯދަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޖުޑީޝަލް ސަރވިސް ކޮމިޝަން--

15 ކޯޓަކަށް އިސް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސަރވިސް ކޮމިޝަނުން މިއަދު އިއުލާނުކުރައްވައިފިއެވެ.

އިސް މެޖިސްޓްރޭޓުން ހޯދަނީ ހދ.ނޮޅިވަރަން, ށ.ކޮމަންޑޫ, ނ.ވެލިދޫ, ބ.ދަރަވަންދޫ, ބ.ގޮއިދޫ, ޅ.ހިންނަވަރު, ކ.ކާށިދޫ, އއ.މާޅޮސް, ވ.ފުލިދޫ, މ.މުލައް, ފ.ފީއަލީ, ގއ.ގެމަނަފުށީ, ގއ.ދާންދޫ, ގދ.ރަތަފަންދޫ އަދި ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށެވެ.

އިސް މެޖިސްޓްރޭޓުންގެ އަސާސީ މުސާރައަކީ 21,000.00 ރުފިޔާއެވެ. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިވިން އެލަވަންސްއާއި މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސް ލިބިދެވޭނެއެވެ.

މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 ޖަނަވަރީ 2023 ވަނަ ދުވަހުގެ 12:00 އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!