Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރިޔާސީ ޓިކެޓާ ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެއް ކަމަށް ބުނެ ފެތުރި ޚަބަރު ދޮގުކޮށްފި

ރިޔާސީ ޓިކެޓާ ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެއް ކަމަށް ބުނެ ފެތުރި ޚަބަރު ދޮގުކޮށްފި
އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް، ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕާ ބައްދަލުކުރައްވައި ޕީޕީއެމްގެ ރިޔާސީ ޓިކެޓާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅެއް ކަމަށް ބުނެ، އޮންލައިން ނޫހަކުން ޝާއިއު ކުރި ޚަބަރަކާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފު ރައްދެއް ދެއްވައިފިއެވެ. ޗެނަލް ނިއުސް މޯލްޑިވްސް، ސީއެންއެމްއިން ވަނީ ރައީސް ޔާމީން އިދިކޮޅުގެ ލީޑަރޝިޕްގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ޖަލަށް ލާނެ ކަމަށާއި، ޖަލަށް ލިޔަސް، ޕީޕީއެމްގެ ރިޔާސީ ޓިކެޓާ ހިފައިނުގަތުމަށް އެދިވަޑައިގެންނެވި ކަމަށް ރިޕޯޓް ކޮށްފައެެވެ. މީގެ ކުރިންވެސް މިފަދަ ބައްދަލުވުމެއްގައި، އެގޮތަށް ވާހަކަފުޅު ދެއްކެވި ކަމަށްވެސް އެ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ. މިކަމާ ގުޅިގެން މުންދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަދަ ބައްދަލުވުމެއް، އަދި ވާހަކަފުޅެއްވެސް ރައީސް ވިދާޅުވިކަން "ނުދެނަހުރިން" ކަމަށާއި، ލީޑަރޝިޕްގެ އެހެން ބޭފުޅުންވެސް ތިއްބެވީ އެ ވާހަކަ "އަޑުއެހިތަނުގައި" ކަމަށެވެ.
"އަހަރުމެންނަށް ނޭނގެ، އަހަރުމެން މީޓިންތަކަށް ގޮސް، ރައީސް އަހަރުމެންނާ ވާހަކަ ދެއްކިކަން، ސީއެންއެމްއަށް އިނގޭނަމަ ތީ އަރަތެއް." މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ ނޫސްތަކުން ފަތުރާ އެފަދަ ވާހަކަތައް މިހާރު ނުހިނގާނެ ކަމަށެވެ. ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރި މައްސަލައިގެ ޙުކުމް އިއްވެވުން، މާދަމާ އޮންނާނެއެވެ. ރައީސް ޔާމީން، ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު ޖަލަށް ލުމަށް ހުކުމް އިއްވެވިޔަސް، އަޑު ކަނޑުވައިނުލެވޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަޒުމަކަށްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.  

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް