ރައީސް ޔާމީންގެ ދިފާޢުގައި ނަރީޝް ދޮގު ހެކި ދިން މައްސަލަ ތަހުގީގުކުރުމަށް ދިރާސާކުރަނީ

ވ. އާރަށް މައްސަލާގައި، ކުރީގެ ރައީސް ޔާމީން ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެ އެމަނިކުފާނުގެ ދިފާއުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ކޯޓުގައި ދޮގު ހެކިބަސް ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ރައީސް ޔާމީންގެ މައްސަލައިގައި ޝަރީއަތުގެ ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ، ހެކިވެރިޔާ ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން ކަމަށެވެ.
ނަރީޝް ޝަރީޢަތަށް ދޮގު ހެކިބަސް ދީފައިވާކަމަށް ކުރެވޭ ތުހުމަތާއި ގުޅިގެން ފުލުހުން ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައަގައި ކޯޓުން އިއްވި ހުކުމް ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، އެ ހުކުމުގައި ޖިނާއީ މައްސަލައެއްގެ ތަހުގީގު ފުލުހުން ކުރަންޖެހޭ ކަމެއް ވާނަމަ ފުލުހުން އެކަން ބަލާނެ ކަމަށެވެ.
ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ.
ދެން ކީއްވެ ހޯމްމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޝްރަފް ޢަލީ ކަމަށް ބެލެވޭ މީހަކު ފިރިހެނަކާއެކު ބަރަހަނާކޮށްް ހުރި ފޮޓޯ ތަހުޤީޤޫނުކުރަނީ.