Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލެ ފަޅުތެރެއަށް 1000 ލީޓަރުގެ ތެޔޮ އެޅިފައިވޭ: އެމްއެންޑީއެފް

މާލެ ފަޅުތެރެއަށް 1000 ލީޓަރުގެ ތެޔޮ އެޅިފައިވޭ: އެމްއެންޑީއެފް

ރަސްމީ ފާލަން ސަރަޙައްދުގެ ފަޅުތެރެއަށް އެޅިފައިވާ ތެޔޮ މާރުކޭޓު ސަރަހައްދާ ހަމައަށް ފެތުރިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ރަސްމީ ފާލަމާ ދިމާލު ފަޅުތެރެއަށް އެޅިފައިވާ ގިނަ ޢަދަދެއްގެ ކަޅުތެޔޮ ނެގުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި މިއަދުވެސް  ކުރަމުންދާ ކަމަށެވެ.

“1000 ލީޓަރުގެ ތެޔޮ އެޅިފައިވާކަމަށް ލަފާ ކުރެވޭ މި ސަރަހައްދުން މިހާތަނަށް 400 ލީޓަރުގެ ތެޔޮ ވަނީ ނެގިފައި” އެމްއެންޑީއެފުން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރަސްމީ ފާލަން ސަރަޙައްދުގެ ފަޅުތެރެއިން ގިނަ ޢަދަދެއްގެ ކަޅުތެޔޮ ފެނުމާ ގުޅިގެން، އެތެޔޮ ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިކަމުގައި ކޯސްޓްގާޑުގެ ސިފައިންނަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލެ އޭރިއާ މެރީންސާއި މެރިން ޕޮލީސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް