ހޮލީވުޑް މުނިފޫހިފިލުވުން

ހޯކައިގެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހޯކައިގެ ރޯލުން ފެނިގެންދާ ޖެރެމީ ރެނާ

މާވެލް ސިނަމެޓިކް ޔުނިވާސްގެ މަގްބޫލު ކެރެކްޓާ ހޯކައި ކުޅޭ ތަރި ޖެރެމީ ރެނާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

Ads by Hajj Corporation

ހޮލީވުޑް ހަބަރުތައް ގެނަސްދޭ މީޑިއާތަކުން ބުނާ ގޮތުގައި ޖެރެމީއަށް އަނިޔާ ވެފައިވަނީ އާ އަހަރު ފާހަގަކުރަން ނެވާޑާއަށް ގޮސް އުޅެނިކޮށެވެ. މާ ބޯކޮށް ސްނޯ ފޭބުމާއި ގުޅިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގިކަމަށް ރިޕޯޓުތައް ބުނި ނަމަވެސް މީގެ މާ ބޮޑު ތަފްސީލެއް މިހާތަނަށްވެސް ހާމަކޮށްފައެއް ނުވެ އެވެ.

އެހެންނަމަވެސް ޖެރެމީ ހޮސްޕިޓަލުގައި އެޑްމިޓު ކުރީ މެއަށް ތަދުވެ ނޭވާލާން އުނދަގޫވާތީކަމަށް ބައެއް ރިޕޯޓުތަކުން ކަށަވަރުވެ އެވެ. މިވަގުތު އޭނާއަށް ފަރުވާ ދެމުން ދަނީ އިންޓެންސިވް ކެއާ ޔުނިޓުގަ އެވެ.

ޖެރެމީއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ގިނަ ޑޮކްޓަރުންނާއި ނަރުހުން ހާއްސަވެގެން ހޮސްޕިޓަލުގައި ހަރަކާތްތެރިވާކަމަށް ވެއެވެ. އޭނާގެ ހާލު ސީރިއަސް ނަމަވެސް އިތުރަށް ގޯސްވަމުން ނުދާކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސްނޯ ފޭބުމުގެ ސަބަބުން ހިނގި މި އެކްސިޑެންޓުގައި ޖެރެމީގެ އިތުރުން އެހެން އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

2010 ވަނަ އަހަރު ނިކުތް "ދަ ހަންޓާ ލޮކާ" ގައި ކުޅުނު ރޯލަށް އެންމެ މޮޅު އެކްޓަރުގެ ކެޓެގަރީން އޮސްކާ އެވޯޑަށް ނޮމިނޭޓު ވުމާއިއެކު، ޖެރެމީއަށް ދިޔައީ ގިނަ ފިލްމުތަކަކުން އޮފާތައް ލިބެމުންނެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ މާވެލްގެ ހޯކައި ކެރެކްޓާ އިންނެވެ.

2010 ވަނަ އަހަރުގެ ފަހުންވެސް ޖެރެމީ އޮސްކާއަށް ނޮމިނޭޓު ވި އެވެ. ދެވަނަ ނޮމިނޭޝަން އޭނާއަށް ލިބުނީ ބެން އެފްލެކްއާއިއެކު ކުޅުނު "ދަ ޓައުން" އިންނެވެ. ޖެރެމީއަކީ މިވަގުތު ހޮލީވުޑްގައި ހުރި އެންމެ ޑިމާންޑިންގް އެއް އެކްޓަރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!