Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ޞާލިޙު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕެއިން ހަރަކާތް، މިރޭ

ރައީސް ޞާލިޙު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕެއިން ހަރަކާތް، މިރޭ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ހަރަކާތެއް، މިރޭ ބާއްވާ ގޮތަށް ހަަމަޖެހިއްޖެއެވެ.

ރައީސް ޞާލިޙު ބައިވެރިވެވަޑައިގަންނަވާ ޖަލްސާ އޮންނާނީ، މިރޭ އެމްޑީޕީގެ މައި ހަރުގޭގައި، 9 ޖަހާއިރުއެވެ. މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތަކުން ރައީސް ފެނިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މިމަހުގެ 28 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް ޞާލިޙާ ވާދަ ކުރައްވަނީ ރައީސް މުޙައްމަދު ނަޝީދެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތެއް މިއަދު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ ކެމްޕެއިން ޓީމުން މަޢުލޫމާތުދޭ ގޮތުގައި މިއަދު ހަވީރު އެމަނިކުފާނު ހިޔާ ސަރަހައްދަށް ވަޑައިގަންނަވާއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް