ވ އަތޮޅު ފަޅު ކައިރިން ފެނުނު ހަށިގަނޑުގެ ޑީއެންއޭ ހަދަނީ

ވ.އަތޮޅުގެ ފަޅެއް ކައިރިން ފެނުނު އިންސާނެއްގެ ހަށިގަނޑުގެ ޑީއެންއޭ ހަދަން ނިންމައިިފިއެވެ.
ފުލުހުން މިއަދު "ދެން"އަށް ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު ވައްޓަފަރު ފަޅު ކައިރިން ފެނުނު ހަށިގަނޑުގެ ޑީއެންއޭ ހެދުމަށް ނިންމައިފައިވާއިރު، އެކަމަށް ވަގުތު ނަގާނެ ކަމަށެވެ.
ވާވުގެ ސަރަހައްދަކުން މަރުވެފައިވާ އިންސާނެއްގެ ހަށިގަނޑު ފެނުނު އިރު، ވިލިމާލެއިން ފުރި ތެޔޮ ބޯޓެއްގައި ދަތުރު ކުރި ދެ މީހެއްގެ ތެރެއިން، ބިދޭސީ މީހާގެ ޚަބަރެއް ނުވެގެން، އެމީހާ އަދިވެސް ދަނީ ހޯދަމުންނެވެ. އެއީ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން 35، އެވެ.
ވ އަތޮޅުން ފެނުނީ، ހިލްޓަންގެ ހަށިގަނޑަށް ވުމަކީ ވަރަށް ގާތް ކަމެއް ކަމަށް، ފުލުހުން ވަނީ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވައިފައެވެ.
ހިލްޓަންއާއެކުގައި ގެއްލުނު ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް 45، މާލެތެރޭ އުޅެނިކޮށް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މަރުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރި ނިޒާމްގެ ބަންދަށް އިއްޔެ ވަނީ 60 ދުވަސް ޖަހައިފައެވެ.