މާޒީއަށްޓަކާ ޕާޓީގެ މުސްތަގުބަަލު ނަގާލުމަކީ އެމްޑީޕީއަށް އޮތް ޗޮއިސްއެއް ނޫން: ރޮޒައިނާ

މާޒީއަށްޓަކާ ޕާޓީގެ މުސްތަގްބަަލް ނަގާލުމަކީ އެމްޑީޕީއަށް އޮތް ޗޮއިސްއެއް ނޫން ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރިޒައިނާ މިފަދައިން ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޖަލްސް ކުރިޔަށްދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއެއް ޓްވީޓާގައި ހިއްސާކުރައްވަމުންނެވެ.
ރޮޒައިނާ ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެވޭނެ ކެނޑިޑޭޓަކީ ޔަގީނުންވެސް ރައީސް ޞާލިޙް ކަމަށެވެ. އަދި މާޒީއަށްޓަކާ މި ޕާޓީގެ މުސްތަގްބަލް ނަގާލުމަކީ އެމްޑީޕީއަށް ޗޮއިސްއެއް ނޫން ކަމަށާއި “އެމްޑީޕީ ދާންޖެހޭނީ ބާރަށް ކުރިޔަށް” ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
https://twitter.com/roxeyna/status/1610966385089445893?s=46&t=dp6SWA2zEIinhmazETXnKg
ރޭ އެމްޑީޕީގެ މައި ޖަގަހައިގައި "ކުރިޔަށް" މި ނަމުގައި ބޭއްވުނު ރައީސް ސާލިހުގެ ފެކްޝަންގެ އެމްޑީޕީ ޕްރައިމަރީގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބޭއްވި ވަގުތު އިދިކޮޅުގެ އެއްވުމެއްވެސް ހަރުގެ ކުރިމަތީގައި ވަނީ ބާއްވާފައެވެ.




.jpeg?prefix=media)


ކޮމެންޓް