މިދިޔަ އަހަރު ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ 25 އޮޕަރޭޝަން ހިންގައިފި

ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ ތަފާތު އެކި މައްސަލަތަކުގެ ތެރެއިން ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތައް ހުއްޓުވުމަށް ފާއިތުވި އަހަރު 25 އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާއިރު، ތަހުޤީޤު ކޮށްފައިވަނީ 11 މައްސަލަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު އާއްމު ކުރެއްވި ތަފާސް ހިސާބުތަކަށް ބަލާލައިރު، ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތައް ހުއްޓުވުމަށް ހިންގި 25 އޮޕަރޭޝަނުގެ ތެރެއިން 14 އޮޕަރޭޝަނަކީ ފުލުހުން ހިންގި އޮޕަރޭޝަނެވެ. އަނެއް 11 އޮޕަރޭޝަނަކީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެވެ.
މި އޮޕަރޭޝަންތަކުގައި 32 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެތެރޭގައި ހަ ދިވެހިންވެސް ހިމެނެއެވެ. އަދި މި މައްސަލަތަކުގައި 28 މީހަކު ޑީޕޯޓްކޮށްލާފައިވާކަމަށްވެސް ފުލުހުން ހާމަ ކުރައްވައެވެ. އެ މީހުންގެ ތެރޭގައި 2022 ވަނަ އަހަރުގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންވެސް ހިމެނޭކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
ފުލުހުން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ 11 މައްސަލައެއް ފުލުހުންވަނީ މިދިޔަ އަހަރު ތަހުޤީޤު ކުރެއްވިއެވެ.
އޭގެތެރެއިން 6 މައްސަލައެއްގެ ތަހުޤީޤު މިހާރުވެސް ކުރިއަށް ދާއިރު، ތިން މައްސަލައެއްވަނީ ފައިލްކޮށްފައެވެ. އަދި 2 މައްސަލައެއްވަނީ ޕީޖީއަށް ފޮނުވާފައެވެ.
ބަލަ ފުލުހުންނޭ މިފަދަ ތަންތަން ހިންގަން ތިބީ ހުރިހާ ބިދޭސީންގެ ވިޔަފާރިތަކުގަ މުގުލުގަ ތިބީ ފުލުހުން އެނގޭތި މިބުނޫ