ޚަބަރު

ނީލަން ފިހާރައިގައި ރޯވުން: ސިޓީ ކައުންސިލުގެ 166 ބިދޭސީ މުވަައްޒަފުންނަށް ވަގުތީ ބޯހިޔާވަހިކަން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ނީލަން ފިހާރައިގައި، މިއަދި ހެނދުނު ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ 166 ބިދޭސީ މުވައްޒަފުންނަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހިއްޖެއެވެ.

Ads by Sosun Fihaara

ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވިޔަސް، ނީލަން ފިހާރައިގެ އުތުރު ފަޅިން އިމާދުއްދިން ސްކޫލާ ދިމާއިން ފެތުރެމުންދިޔަ އަލިފާންގަނޑުގެ އަސަރު، މާލެ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފުން ތިބި ތިން ބްލޮކަކަށް ވަނީ ކޮށްފައެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނު މުވައްޒަފުން މިހާރު ތިބީ އިމާދުއްދީން ސްކޫލްގައެވެ. އަލިފާނުގެ ހާދިސާގެ ސަބަބުން، ދުމުގެ އަަސަރު ހުރުމުން، އެ ސްކޫލްގެ ހެނދުނު ދަންފަޅީގައި ކިޔެވުމެއް ނެެތެވެ. މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވަނީ، މި ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ލިބުނު ގެއްލުންތައް ބައްލަވައިލައްވައިފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!