ޚަބަރު އިޖުތިމާޢީ

ޤާނޫނީ ފިޔަވަޅު އެޅިޔަސް، އިޙްތިރާމް ދޭންވާނެ: ޒައިދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ގޮވާލާ އިދިކޮޅު ދެ ޕާޓީގެ ސަޕޯޓަރުން ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ދޮށީ އުމުރުގެ އަންހެނަކު އަނިޔާވެރި ގޮތަކަށް ހައްޔަރުކުރިކަމަށް ބުނެ ޝޯޝަލް މީޑިއާގައި ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައިވާ މިދަނޑިވަޅުގައި އެއަންހެން މީހާއަށް ގާނޫނީ ފިޔަވަޅެއް އެޅި ނަމަވެސް އިހްތިރާމް ކުރަންވާނެކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝެއިޚް ޒައިދު ވިދާޅުވީ މުޒާހަރާ ތެރެއިން ދޮށީ އުމުރުގެ އަންހެނަކު އިހްތިރާމް ކުޑަކޮށް ހައްޔަރު ކުރުން ރަނގަޅު ނޫން ކަމަށެވެ.

"މުޒާހަރާގެ ތެރެއިން މުސްކުޅި އަންހެނަކު، އިޙްތިރާމް ކުޑަކޮށް ހައްޔަރުކުރެވޭ ވީޑިޔޯއެއް އަޅުގަނޑުވެސް ދެކެފިން. އެގޮތަށް އެކަން ދިޔުން ރަނގަޅެއް ނޫން. މައްސަލައެއްގައި ގާނޫނީ ފިޔަވަޅެއް އަޅާނަމަވެސް ދޮށީ މީހުންނަށް ދޮށީވަންތަކަމުގެ އިޙްތިރާމް ދޭންވާނެ! އެގޮތް ތަޤްވާވެރިކަމާ ގާތް!" ޝެއިހް އަލީ ޒައިދު ވިދާޅުވިއެވެ.

ރޭ އިދިކޮޅު ކުރި އިޙްތިޖާޖުގެ ތެރެއިން ފުލުހުންގެ ބަޔަކު ދުވެ ގޮސް ހައްޔަރު ކޮށްފައި ވަނީ 65 އަހަރުން މަތީގެ އަންހެނެކެވެ. އަދި މައްސަލަ ބަލާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. ވަހީދުބޭ

    ނުބައިނުފާވެރިކަމެއްގަމުސްކުއެއްކަމަކުނުބަލާނެސީޕީހަމީދުއިމުރާނުއިސްތިއުފާ!

  2. ޒަމީރު

    މުސްކުޅި އުމުރުގައި އެކަހަލަ ތަންތަނަށް އެއްވުން ރަނގަޅު ކަމެއް ނޫން

  3. ގޮތް

    ބަލަގަަ އެއްވެސްކަމެއްނޭގޭބަކައްް ވެރިކަމެއްލިބުނީމާާ ކުރާނީި ބޯގޯސްް ކަންތައްތައްކަންް ނޭގޭތަަ ބަލާލިކޮންމެދިމާލަކުންބެސްް ފެނާނީީ މޮޔަކަންް ތަންދޮރުނުފިލާކަންް މާޔޫސްކަންް ހިތްނުތަނަވަސްކަންް ގޮތްހުސްވެެ ދެލޯބޮޑުވެފަހުންނަމަންޒަރު