ރައީސް ނަޝީދަށް ވެރިކަން ނުލިބުމަށް ދުޢާކޮށް ގަދައަޅައި މަސައްކަތް ކުރަންޖެހޭ: ޑރ. އިޔާޒް
ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވެރިކަން ނުލިބުމަށް ދުޢާކޮށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ވެރިކަން ދޭން ހެޔޮނުވާނެކަމަށް ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޔައުޤޫބް ވިދާޅުވި ކަމަށް ބުނެ ލިޔެފައިވާ ހަބަރެއް ރީޓްވީޓް ކުރައްވާ ޑރ. އިޔާޒު މިއަދު ވިދާޅުވީ ނަޝީދަކީ ދީނީ އަދި ދުނިޔަވީ ގޮތުން ޤައުމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ފަރާތެއްކަމަށެވެ.
"ވަރަށް ތެދެއް ޔައުޤޫބް. ދީނީ އަދި ދުނިޔަވީ ގޮތުންވެސް ޤައުމަށް ބޮޑެތި ގެއްލުންތަކެއްދީފައިވާ ފަރާތެއް ނަޝީދަކީ އިތުރު ގެއްލުމެއް ދިނުމަށް ފުރުޞަތެއް ނުލިބުން އެދި ދުޢާކޮށް ގަދައަޅާ މަސައްކަތް ކުރަންޖެހޭ." ޑރ. އިޔާޒު ވިދާޅުވިއެވެ.
ޑރ. އިޔާޒު މިހެން ވިދާޅުވިއިރު، މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިިންތިޚާބުގައި ރައިސް ނަޝީދު ވާދަ ކުރައްވަން ނިންމަވާފައެވެ. އަދި އެމަނިކުފާނު ގެންދަވަނީ ފޯރިގަދަކަމާއެކު ކެމްޕޭން ކުރައްވަމުންކަން ފާހަގަ ކޮށްލެވެއެވެ.
މީހުން ނައް ބަދުދުއާ ކުރަން ދީނީއިލްމުވެރިޔެއްބާ
ދިވެހިރާއްޖޭގެ ގަނުނުއަސަސިގެ 109 ވަނަ މާއްދާ ބުނަ ގޮތުން ނަސިދަސް ވެރިކަން ނުދެވެނެ..އެއީވައްކަމުގެ ހުކުމްއަދިވެސް ދިރިއޮތީމަ.ކީރިތިގުްއާނުގެ އަލް މާއިދާ ސޫރަތުގެ 38 ވަނަ އާޔަތުގަ ވަނީ ވައްކަންކުރާމީހުން އަތްކަނޑަން .އެއީ ހައްދެއް. ހައްދުގާއިމް ނުކުރަންޖެހޭ ހާލަތް އިސްލާމީ ސަރީއަތުގަ އޮތަސް ވައްކަން އެއީ އިސްލާމްދީނުގަ ހައްދު ކަނޑައެޅިފައިވާކުށެއްނޫންކަމަކަށް ނުހެދޭނެ .ސްޕްރީމްކޯޓުގެ ހުކުމް ކީރިތި ގުރްއާނާއި ގާނޫނުއަސާސީއާއި ތައާރަޒް ނުވާކަމަކަށް ނުހެދޭނެ. .އިލެކްސަނުން ޖެހޭނީ ގާނޫނުއަސާސީގެ 64 ވަނަ މާއްދާއަށް އަމަލުކޮށް ސްޕްރމްކޯޓުގެ ހުކުމަށް އަމަލު ކުރުމަކާނުލައި ގާނޫނުއަސަސީގެ 109 ވަނަ މާއްދާއާއި އަލްމާއިދާ ސޫރަތުގެ 38 ވަނަ އާޔަތަށް ރިއާޔަތް ކޮށް ނަސީދުގެ ކެންޑިޑެންސީ ސައްހަނޫންކަމަށް ކަނޑައަލަން.
ތީއަމިއްލަބަފަޔައްް އޮޅުވާލައިގެންް ގިނަފައިސާހޯދަންް މަސައްކަތްކުރާމީހެކޭޭ ކިޔާއަޑުއަހަންް އެހެންވެއްޖެއްޔާާ މިހާރުު ތިދުއާކޮއްދެނީީ ކިހާފައިސާއެއްދީގެންތޯޯ އަހާލެވިދާނެތަަ ތީދީނީީ މީހެއްތައްް ނޫނީީ ކޮންޓްރެކްޓައްް ދުއާކޮއްދޭމީހެއްތަަ