Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ރައީސް ނަޝީދުގެ ވެރިކަމުގައި، އިޤްތިޞާދު ހީނަރުވުމުން، މުސާރަތައް ކުޑަކުރި: ރައީސް

ރައީސް ނަޝީދުގެ ވެރިކަމުގައި، އިޤްތިޞާދު ހީނަރުވުމުން، މުސާރަތައް ކުޑަކުރި: ރައީސް
2008 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ޤައުމުގެ އިގްތިސާދަށް ލޮޅުންތަކެއް އައިކަމަށާއި އެދުވަހު ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް، މުވައްޒަފުން މަދުކުރި ނަމަވެސް ކޮވިޑް-19 ގެ ހާލަތުގައި މިސަރުކާރުން ކަން ކުރީ އެހެން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ބޭއްވެވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ 2008 ވަނަ އަހަރު އިޤްތިޞާދަށް އައި ލޮޅުމެއްގައި ރާއްޖެއަށް އަސަރުކުރިއިރު، އެ ދުވަހު ސަރުކާރުން ކަންކުރި ގޮތާ ކޮވިޑްގެ ސަބަބުން އައި އިޤްތިޞާދީ ލޮޅުމުގައި ސަރުކާރުން ކަންކުރި ގޮތާމެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.
"ސަރުކާރެއްގެ ޒިންމާއަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން. އެއީ ކޮވިޑާ ގުޅިގެން އަޅުގަނޑުމެން ކުރި މަސައްކަތަކީ" ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވެރިކަން ކުރެއްވި ގޮތަށް ފާޑުވިދާޅުވަމުން އިތުރަށް ރައީސް ވިދާޅުވީ އެސަރުކާރުން ދަތުރުފަތުރުގެ ނިޒާމު ފެއްޓެވުމަށް ސަތަރި ދޯންޏެއް އޮތް ކޮންމެ މީހަކަށް ފަޅުރަށެއް ދީފައިވާކަމަށެވެ. އަދި ފަޅުރަށްތައް ދިޔައީ ބަހަމުން ކަމަށް ވިދާޅުވި އެއީ ބޮޑު "ސަކަރާތްގަނޑަކަށް" ވީކަމަށާއި އެކަމުން އަދިވެސް ސަލާމަތް ނުވެވޭކަށް ރައީސް ވިދާޅުވިއެވެ.  

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް