Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ފުލުހުންގެ ޔުނީފޯމުން ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދެވޭނީ، މައްސަލަތަކަށް ހައްލު ހޯދައިގެން: ސީޕީ

ފުލުހުންގެ ޔުނީފޯމުން ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދެވޭނީ، މައްސަލަތަކަށް ހައްލު ހޯދައިގެން: ސީޕީ
ފުލުހުންގެ ޔުނީފޯމުން ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދެވޭނީ، މައްސަލަތަކަށް ޙައްލު ހޯދައިދޭ ބަޔަކަށް ވެގެން ކަަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ސީޕީ ހަމީދު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ޕޮލިސް އެކަމަޑެމީގައި މިހާރު ކުރިއަށްދާ 34 ވަނަ ޕޮލިސް އިނިޝަލް ޓްރެއިނިން ކޯސްގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ސީޕީ ދެއްކެވި ވާހަކައިގައި ފުލުހުންނަށް ދެވޭ ޚިދުމަތްތައް ބިނާވެފައި ވަނީ ޤާނޫނު އަސާސީއާ ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް، އިންސާނީ ހައްޤުތަކާ ކަރާމާތަށް އިޙްތިރާމް ކުރުމާއެކުގައި ކަމަށް ވިދާޅުވިއެވެ.
"ޤާނޫނީ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއް ދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ހިމަނައިގެން. އަދި ކުރިއަށް މި އޮތްތަނުގައި ފުލުހުންނަށް ދެވޭ އެންމެހައި ތަމްރީނުތައް ދިރާސާކޮށް، މުރާޖަޢާކޮށް، ތަމްރީން ދޭން ތިބި ފަރާތްތައްް ތާޒާ ކުރުމަށް، އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ."
ސީޕީ ހަމީދު އިތުރަށް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތާމެދުގައި ރައްޔިތުން އަބަދުވެސް އެތައް އުއްމީދެއް   ކުރާ ކަަމަށާއި، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި، ފުލުހުންގެ ޚިދުމަތް އަބަދުވެސް ތިބުމަށް ރައްޔިތުން އެދޭ ކަމަށެވެ. ސީޕީ ވިދާޅުވީ މުޖްތަމަޢު ކުށުން ސަލާމަތް ކުރަން ފުލުހުން ކެނޑިނޭޅި މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރައްކާތެރި މުޖްތަމަޢުއެއް ބިނާވެފައި އޮންނަން ޖެހޭ ކަމަށެވެ. މިކަންކަން ހަޤީޤަތަކަށް ހެދޭނީ ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަރަށް ޒިންމާދާރުކަމާއެކުގައި ޚިދުމަތްދޭ މުއައްސަސާއަކަށް ހެދިގެން ކަމަށާއި، ފުލުހުންނަކީ ކުރާ ކޮންމެ ކަމަކާއި، ނުކޮށް ދޫކޮށްލާ ކަންކަމަށްވެސް ޖަވާބުދާރީ ވާން ޖެހޭ ބައެއްކަން ސީޕީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. ސީޕީ ވަނީ ރައްޔިތުންނަށް ޚިދުމަތްދޭން ނުކުންނައިރު، ޚިދުމަތް ލިބިގަންނަ މީހުންގެ ވާހަކަ، ސަމާލުކަން ދީގެން އަޑުއެހުމަށް، ހުރިހައި ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.  

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް