އެމްޑީޕީ ޕްރައިމަރީ ޕޯލް؛ ކުރިޔަށްތޯ ދާނީ، ފިކުރެއްތޯ ދިރުވާނީ، ނިންމުން މީސްމީޑިއާއަށް!

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅަކު ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ޕްރައިމަރީގައި މީސްމީޑިއާގައި ތާއީދު ބޮޑު ކެނޑިޑޭޓެއް ބެލުމަށް "ދެން" އިން ޓްވިޓަރގައި ޕޯލެއް ހަދައިފިއެވެ.
މިރޭ ހުޅުވާލި މި ޕޯލްއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 300އަށްވުރެ ގިނަ މީހުން މީހުން ވޯޓް ލާފައިވެއެވެ.
https://twitter.com/DhenOnline/status/1614264778008190976?s=20&t=BePOjn56nBPYXVgGK0qQog
އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، އެ ޕާޓީގެ އިސް ލީޑަރު އިބްރާޙީމް މުހައްމަދު ޞާލިޙެވެ.
މި ޕޯލްގައި ވޯޓް ލެވޭނީ މާދަން ރޭ ނޫން އަނެއްރޭ 8 ޖެހުމާ ހަމައަށެވެ.
ރައީސް ނަޝީދާއި ރައީސް ޞާލިޙް ގެންދަވަނީ ވަރުގަދަ ކެންޕެއިނެއް ކުރައްވަމުންނެވެ. ތާއީދު ހޯދުމަށް މިނެގޭ އާލީ ޕޯލްގެ ނަތީޖާއިން ތާއީދު ބޮޑު ކެނޑިޑޭޓެއް ކޮންމެ ވެސް އެނގިގެންދާނެއެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ ކެންޕެއިން ދަތުރުފުޅުގައި ކޮޅުމަޑުލުގައެވެ. ރައީސް ޞާލިޙް ހުންނެވީ އައްޑޫގައެވެ.






ކޮމެންޓް