Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ރައީސް ނަޝީދަށް ވަރުގަދަ ސެކިއުރިޓީއެއް ދޭތީ ޑރ.އިޔާޒު ކަންބޮޑުވުންފާޅު ކުރައްވައިފި

ރައީސް ނަޝީދަށް ވަރުގަދަ ސެކިއުރިޓީއެއް ދޭތީ ޑރ.އިޔާޒު ކަންބޮޑުވުންފާޅު ކުރައްވައިފި

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އެވަރުގެ ސެކިއުރިޓީއެއް ދައުލަތުން ދިނުމަކީ ހެޔޮވާނެކަމެއް ނޫންކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައިވަނީ ރައީސް ނަޝީދަކީ އެމަނިކިފާނު ދިރިއުޅުއްވާ ގަނޑުވަރު ވަށައިގެންހުރި ގެތަކަށް ކުނިނަގާ މީހަކަށްވެސް ވަކިއުޞޫލެއްގެ ދަށުން މެނުވީ ނުވަދެވޭގޮތަށްހައްދައި ވަރުގަދަ ސެކިއުރިޓީއަކާއެކު ދިރިއުޅުއްވާ ބޭފުޅެއް ކަމަށެވެ.

ހަށިރައްކައްކަލަށް ކަމަށް ވިދާޅުވެ މިވަރުގެ ސެކިއުރިޓިއަކާއެކު އުޅުއްވާ ބޭފުޅަކު އިންތިޚާބުގެ ކެމްޕެއިނުގައި ޢާންމު ގޭގެއަށް ވަދެ ގޭގޭގެ ބަދިއެއަށް ވަދެ އުޅުމަކީ ހަމަޖެހޭކަމެއް ނޫންކަމަށްވެސް ވިދާޅުވިއެެވެ.

Advertisement
HDC — Sidebar (box)

އަދި ދައުރު ހަމަނުކޮށް އިސްތިޢުފާ  ދެއްވިނަމަވެސް ކުރީގެ ރައީސަކަށް ލިބޭ ޢިނާޔަތްތައް ރައީސް ނަޝީދު ބަރާބަރަށް ނަންގަވާކަމަށާ، މަޖްލިސްގެ ރައީސްގެ ޙައިޘިއްޔަތުން މުސާރަ ނަންގަވާކަމަށާ، ތިމާގެ ހަށިރައްކަލަށޭ ކިޔާފައި މާލިއްޔަތުން ބޮޑު ޚަރަދު ކުރުވައިގެން ރަތްރޮނގު ގަނޑުވަރު ވަށައިގެން ދައްމުވާފައިވާކަމަށް ޑރ.އިޔާޒް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 28 ވަަނަ ދުވަހުއެވެ. މި އިންތިޚާބުގެ ކެމްޕެއިން ފޯރި ގަދަވެެފައިވާއިރު، ޑރ.އިޔާޒު ގެންދަވަނީ ރައީސް ނަޝީދަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

 

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް