Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ނަމުން ސިޓީއެއްގެ ދަރަޖަ ދިނުން ބަލައެއް ނުގަނެވޭ: ނާޒިމް

ނަމުން ސިޓީއެއްގެ ދަރަޖަ ދިނުން ބަލައެއް ނުގަނެވޭ: ނާޒިމް

ނަމުން ސިޓީއެއްގެ ދަރަޖަ ދިނުން ބަލައިނުގަނެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވުމާ ގުޅިގެންނެވެ.

ނާޒިމް ވިދާޅުވީ ނަމުން ސިޓީއެއްގެ ދަރަޖަ ދޭން ވަޢުދުވެ، އަސާސީ ޚިދުމަތްތަކަށް ސަލާން ޖަހާ ރައްޔިތަކު ހެއްލުން، އެއީ ސަރުކާރުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ހާރުވެސް ރާއްޖޭގައި ސިޓީއެެއްގެ ދަރަޖަ ދީފައިވާ ތަންތަން އެއީ "ލިވަބަލް" ނުވަތަ ދިރިއުޅެވޭ ޙާލަތުގައި ހުރި ތަންތަން ނޫން ކަމަށެވެ.

Advertisement
Allied — Dhen Online (box)
އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ދިން ނަމަވެސް، އެ ތަންތަނުން އެންމެ އެކަށީގެންވާ ސިއްޙީ، އަދި ތަޢުލީމާއި ވަޒީފާ ފަދަ ކަންކަން ފަހިވެފައެއް ނުވެއެވެ. މި މަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް އިއްޔެ ހުވަދު އަތޮޅަށް ވަޑައިގެން ތިނަދޫގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ދެން އެ ރަށަށް ވަޑައިގަންނަވާނީ ސިޓީއެއްގެ ދަރަޖަ ދޭ ރަސްމިއްޔާތަށް ކަމަށެވެ. ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ހޯދަން އެ ރަށު ކައުންސިލުން ވެސް ތަކުރާރުކޮށް ސަރުކާރުގައި އެދިފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް