ޑރ. އިޔާޒު ވިދާޅުވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ރައީސް ނަޝީދު ކޮންމެފަދަ ދޮގެއްވެސް ހަދާފާނެކަމަށް

ވެރިކަމުގެ ދަހިވެތިކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކޮންމެފަދަ ދޮގެއްވެސް ހައްދަވައިފާނެކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
މިސާލު ދައްކަވަމުން އިޔާޒު ވިދާޅުވީ ވަޢުދުވި ނަމަވެސް އެވަޢުދުތައް ރައީސް ނަޝީދެއް ނުފުއްދަވާނެކަމަށެވެ. އަދި މިސާލެއްގެ ގޮތުގައި ރައީސް ނަޝީދުގެ ގާތް ބޭފުޅަކު ވިދާޅުވި ވިދާޅުވުމެއް ހިއްސާ ކުރައްވައި، ޑރ. އިޔާޒު ވިދާޅުވީ ނަޝީދަކީ ވަފާތެރި ބޭފުޅެއް ނޫންކަމަށެވެ.
"މިޘާލު ދައްކަވަމުން ވިދާޅުވީ 2008 ގައި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޑރ ޙަސަން ސަޢީދު ގާތު ވިދާޅުވިޔޯ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާނަމޭ. ތިމަންނާމެން ތީ ކިހިނެއް ކުރާނެކަމެއްހޭ ބުނީމާ ވިދާޅުވިކަމަށްވަނީ "އެއީ އެމީހުން މިކޮޅަށް ގެންނަން ބުނެލި ވާހަކައެކޭ." ޑރ. އިޔާޒު ވިދާޅުވިއެވެ.
ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒު ވަނީ މީގެކުރިންވެސް ރައީސް ނަޝީދު ވެރިކަމަށް ނުގެނައުމަށް ދުޢާކޮށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭކަމަށްވެސް ވިދާޅުވެފައެވެ.
އަދި އޭނާ ގެންދަވަނީ ރައީސް ނަޝީދު ދައްކަވާ ގިނަ ވާހަކަތަކަކަށް ރައްދުދީ ފާޑުކިޔުއްވަމުން ކަންވެސް ފާހަގަކޮށްލެވެއެވެ.