ޚަބަރު ސިޔާސީ

ރައީސް ނަޝީދުގެ ސުވާލެއް: ދަޢުލަތުގެ އާމްދަނީ 10 ގުނަ އިތުރުވި އިރު، ރައްޔިތުންގެ އާމްދަނީ އިތުރުވިތޯ؟

ރައުފާ ރަޝީދު ، ދެން އޮންލައިން

ދަޢުލަތުގެ އާމްދަނީ 10 ގުނަ އިތުރުވި އިރު، ރައްޔިތުންގެ އާމްދަނީ އިތުރުވެފައިވޭތޯ ރައީސް ނަޝީދު ސުވާލުކުރައްވައިފިއެވެ.

ޕްރައިމަރީގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު މި ޕާޓީ ވެރިކަމާ ފުރަތަމަ ހަވާލުވި އިރު ދިވެހި ދައުލަތުގެ އަމްދަނީ އަކީ 4 ބިލިއަން ރުފިޔާ ކަމަށެވެ.

“2023ވަނަ އަހަރަށް ދައުލަތައް ލަފާކުރާ އާމްދަނީގެ ގޮތުގައި ސަރުކާރުން ލަފާކުރީ 42 ބިލިއަން ރުފިޔާ. 10 ގުނަ އާމްދަނީ އިތުރުވެއްޖެ. މިއަދު އަޅުގަނޑު މުލަކަށް އައިސް ރައްޔިތުންނާ ކޮށްލަން ބޭނުންވާ ސުވާލަކީ ތިބޭފުޅުންގެ އާމްދަނީ 10 ގުން އިތުރުވިތޯ” ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް ރައްޔިތުންގެ އާމްދަނީ އިތުރު ނުވާ ކަމަށާއި މިކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ އަމާޒަކަށްވީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކޮށްދިނުން ކަމަށާއި އެގޮތައް ކަންތައްތައް ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ނާޅި

    ޓެކުސް ބޮޑުކޮށް އެމްޑީޕީ ބޮޑުން މުއްސަދިވަނީ ނުންތޯ އެއީތާ ނުވެގެން އުޅޭ ކަމަކީ !