Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އިދިކޮޅުގެ ކަންބޮޑުވުންތައް ޔޫކޭ ސަފީރާ ހިއްސާކޮށްފި

އިދިކޮޅުގެ ކަންބޮޑުވުންތައް ޔޫކޭ ސަފީރާ ހިއްސާކޮށްފި

ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުގެ  އިސް ބޭފުޅުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވި ހުންނަވާ ސަފީރާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުކުރުމާ ގުޅޭ މައުލޫމާތު ހިއްސާކޮށް، އިދިކޮޅުން ބުނީ، ބައްދަލުކުރެއްވުމުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީނަށް ދަށުކޯޓުން ކޮށްފައިވާ ޙުކުމަކީ ސަރުކާރުގެ ސިޔާސީ ނުފޫޒުން ކޮށްފައިވާ ސިޔާސީ ޙުކުމެއްކަމަށް  ޤަބޫލުކުރާ ސަބަބުތައް ސަފީރާ ހިއްސާ ކުރެއްވި ކަމަށެވެ.

ޔޫކޭގެ ސަފީރާ ބައްދަލުކުރައްވައި، އިދިކޮޅުން ވަނީ މި ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތަކާއި އިންސާފުން ބޭރުން ހިންގަމުންދާ ކަންކަމާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވައިފައެވެ.

Advertisement
Ooredoo — Square (box)
ރައީސް ޔާމީން ދެ ވަނަ ފަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރީ، މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ޕޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ، އިދިކޮޅުގެ މަސައްކަތް ހުއްޓައިލާނީ، ރައީސް ޔާމީން މިނިވަން ކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން، އެ މަނިކުފާނަށް ކުރި ޙުކުމް ވަރަށް އަވަހަށް އިސްތިއުނާފަށް ހުށަހަޅަން ދަނީ މަސައްކަތް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް