ޚަބަރު ސިޔާސީ

އެމްޑީޕީ ޕްރައިމަރީ: ވޯޓުލުން ފަށައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދު--

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.

Ads by STELCO

މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އިންތިޚާބެވެ. މި އިންތިޚާބުގައި، ޖުމްލަ 243 ވޯޓު ފޮށި ބެހެއްޓިފައިވާއިރު، 57،257 މީހުންނަށް، މި އިންތިޚާބުގައި ވޯޓު ލެވޭނެއެވެ.

އެމްޑީޕީގެ ފަރާތުން، މ އަހަރު ރިޔާސީ ރޭހަށް ނުކުންނަވާނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ މި އިންތިޚާބުގައި ވާދަ ކުރައްވަނީ، ކުރީގެ ގާތް ރަޙްމަތްތެރިން ކަމުގައިވާ، ރައީސް މުޙައްމަދު ނަޝީދާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިއީ މި ދެ ބޭފުޅުން އިންތިޚާބެއްގައި ވާދަކުރައްވާ އެންމެ ފުރަތަމަ ފަހަރެވެ.

މި އިންތިޚާބު ކައިރިވީއިރު، މި ދެ ބޭފުޅުންގެ ދެ ފެލްޝަނުގެ ކޯޅުން ބޮޑުވެ، އެމްޑީޕީ އޮތީ ވަރަށް ބޮޑަށް ބައިވައިވެފައެވެ. ރައީސް ނަޝީދު މީގެ ކުރިން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ދެ ފަހަރެއްގެ މަތިން ވާދަ ކުރެއްްވިއެވެ. އެއީ 2008، އަދި 2013 ވަނަ އަހަރެވެ. އެ ދެ ފަހަރުވެސް އެ މަނިކުފާނު ކާމިޔާބު ހޯއްދެވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!