ޚަބަރު ސިޔާސީ

ނަތީޖާ ޝީޓްތައް އެބަބަލަން، ގިނަ ފޮށިތަކުން ކުރީގައި އުޅެނީ ރައީސް ނަޝީދު: ހަސަން ލަތީފް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

މިއަދު ބޭއްވި ރިޔާސީ ޕްރައިމަރީގެ ނަތީޖާ ޝީޓުތައް ބަލަމުންއަންނަ ކަމަށާއި ގިނަ ފޮށިތަކުން ކުރީގައި އުޅުއްވަނީ ރައީސް ނަޝީދު ކަމަށް އެމަނިކުފާނުގެ ކެމްޕޭން އޭޖެންޓް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން ނިމި ނަތީޖާތައް ހާމަކުރަމުން އަންނައިރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އުޅުއްވަނީ ވަރަށް ކުރީގައި ކަންް ފާހަގަކޮށްލެވޭ އިރު ހަސަން ލަތީފް ވިދާޅުވީ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ނަތީޖާ ޝީޓްތައް ބަލަމުން. ގިނަ ފޮށިތަކުގެ ނަތީޖާ ގައި ރައީސް ނަޝީދު އުޅުއްވަނީ ކުރީގައި. ބޮޑު ފަރަގެއް އެދައްކަނީ މަދު ބައެއް ތަންތަނުގައި އާދަޔާ ހިލާފަށް ގިނަ ވޯޓް ފޮށީގައި ހުރީމާ" ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ނަތީޖާތައް ހާމަކުރަމުން އަންނައިރު އިންތިހާބުގައި ވާދަކުރި ދެ ކެންޑިޑޭޓުންވެސް ވަނީ ކާމިޔާބު އިއުލާނު ކުރައްވާފައެވެ. އެހެންނަމަވެސް މިހާތަނަށް އާއްމުކުރި ނަތީޖާ ޝީޓުތަކުން ދައްކާގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އުޅުއްވަނީ "އަތު ނުވާ" ހާ ކުރީގައި ކަން ފާހަގަކޮށްލެވެއެވެ.

  1. ބޭބެ

    ނޮހޮރުްޕާނެްްނެއްތީމިޕާޓީއަށް ވެސް މިޤަވްމަށްވެސް
    މިޤަވްމިދޫކޮށް އިގިރޭސިވިލާތަް ކޮފިބަލަ