ނޮޅިވަރަމް ދަނޑުގައި ޓާފް އަޅަން ތައްޔާރުވެފައިވަނިކޮށް، ޓާފްތަކުގައި ރޯ ކޮށްލައިފި

ޔޫތު މިނިސްޓްރީން ޓާފް އަޅަން ތައްޔާރުވެފައިވަނިކޮށް، ހދ. ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ބަޔަކު ރޯ ކޮށްލައިފިއެވެ.
މިކަން ހާމަކުރައްވައި، ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން އެންމެ ތިން ދުވަހަށް ވެފައިވަނިކޮށް އެ ދަނޑުގައި ބަޔަކު ރޯ ކޮށްލާފައި ވާކަމަށެވެ.
މިނިސްޓަރު މަހުލޫފު ވަނީ، މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.
ޓާފްތަކުގައި ރޯ ކޮށްލުމުގެ ސަބަބުން އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބިގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. މިމަކަމާ ގުޅޭގޮތުން ފުލުހުންވެސް އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.
(ތަފްސީލު އަންނަނީ...)