ޚަބަރު ސިޔާސީ

މިއީ ނަބިއްޔާ ﷺ ގެ ބަދުދުޢާ ލިބިގެންވާފަދަ ވެރިކަމެއް: ޝެއިހް ފަޒްލޫން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއީ ނަބިއްޔާ ﷺ ގެ ބަދުދުޢާ ލިބިގެންވާފަދަ ވެރިކަމެއް ކަމަށް ޝެއިހް ފަޒްލޫން މުހައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް އާދަމް ނިޝާނާއި ޝެއިހް ފަޒްލޫން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިހާރު ފަށާފައިވާއިރު ޝެއިހް ފަޒްލޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވެރިކަމަކީ ވެލާ ކަހަނބަށް ލިބިގެންވާ ހިމާޔަތްވެސް އިސްލާމްދީނާ މުސްލިމުންނަށް ލިބިގެންނުވާ ވެރިކަމެއްކަމަށެވެ.

"ވެލާ ކަހަނބަށް ލިބިގެންވާ ހިމާޔަތްވެސް އިސްލާމްދީނާ މުސްލިމުންނަށް ލިބިގެންނުވާ، ނަބިއްޔާ ﷺ ގެ ބަދުދުޢާ ލިބިގެންވާފަދަ ވެރިކަމެއް!" ޝެއިހް ފަޒްލޫން ވިދާޅުވިއެވެ.

ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވި ޔޯގާ ހަރަކާތް ހުއްޓުވަން، ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބައެއް މީހުނަށް ހަމަލާދީ، ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް ފަޒްލޫނަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފައެވެ.

  1. ޒައިކް

    ތިޔަ ކަހަލަ ނުބައި ވަސްލަނޑާ ނަޖިސްލޭ ހުރި ދީނޭ ކިޔާ ފިތުނަ ހަދާ މީހުނަށް މާ ބޮޑަށް ބަދު ދުޢާ ލިބިިގެެން ވޭ..

    • ޖަނާބް

      ނަޖިސް ވަހަކީ ތިބާގެ ގައިން ދުވާ ވަސްކަން ނުވަތަ ޝައިޚްގެ ގައިން ދުވާ ވަސްކަން އެނގޭނެ ދުވަހެއްވޭ. ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުން. މިގޮތަށް ކަނޑައެޅުއްވީ ސަރުކާރަކުން ނޫން. ހެއްދެވި ފަރާތުން. ޙައްޤާއި ބާޠިލް ކަނޑައެޅުއްވި ފަރާތުން.

      • މޮހޮޖް

        އެކަމަކު އިލްމުވެރިންނަކީ ތިމަންނާ މެންކަމަށް ތިޔަ ކަނޑައަޅަނީ އަމިއްލައަށް.